Saturday, March 31, 2018

April fool dhuvas faahaga koh baiverivumuge hukum

އެޕްރީލް ފޫލް ދުވަސް ފާހަގަކުރުމުގެ ޙުކުމް
أبو عبد الله عبد الرحيم بن محمد المدني

الحمد لله رب العالمين. والصلاة و السلام على أشرف الأنبياء والمرسلين. و بعد: އެޕްރީލް ފޫލް ދުވަހަކީ ކޮބާ؟ އެޕްރީލް ފޫލް ދުވަހަކީ މީހުންނަށް ދޮގުހެދުމާއި އޮޅުވާލުން ހިމެނޭ ގޮތުގެ މަތިން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މިކަން ފެށިފައިވަނީ 19 ޤަރުނުގެ ކަމުގައި ބުނެވޭ އިރު އެޔަށްވުރެ ކުރިޔަށް މިކަމުގެ އަޞްލުގޮސްފައިވެއެވެ. އެހެނީ އެޕްރީލް އެއްވަނަ ދުވަހަކީ ރޯމަނުންނާއި އިންޑިޔާގައި އާއަހަރު ފާހަގަކުރެވުނު ދުވަހެވެ. އަދި ފަހުން އާއަހަރު ފާހަގަކުރެވޭ ދުވަސް ޖެނުއަރީ އަށް ބަދަލުކުރެވުމުން އެދުވަސް ފާހަގަކުރުން ދޫނުކޮށްލި މީހުންނަށް އެފަދައިން މުޚާތަބުކުރެވި ފާހަގަކުރެވޭ ދުވަހަކަށް ވެގެންދިޔައެވެ. ނަމަވެސް ކުރިންވެސް ބަޔާންކުރެވުނު ފަދައިން އޭގެ މާކުރިންވެސް ހުޅަނގުގައި މިދުވަސް ފާހަގަކުރެވުމުން ދިޔައެވެ. ބައެއް ހުޅަނގުގެ ތާރީޚު ޢިލްމުވެރިން އެދުވަސް ފާހަގަކުރުން ފެށިފައިވަނީ ރޯމަނުންގެ ވެރިކަމުގައި ކަމުގައި ބަޔާންކުރައްވާފައި ވެއެވެ. އަދި އެދުވަސް ފާހަގަކުރަން ފެށުނީ ފަރަންސޭސި ވިލާތުގައި 16ވަނަ ޤަރުނުގައި ކަމަށްވެސް ބަޔާންވެފައިވެއެވެ. ސީދާ ތާރީޚެއް މިކަމުގައި ނެތްކަމުގައިވިޔަސް ވަރަށްކުރިއްސުރެ ފެށިގެން ހުޅަނގުގައި މިދުވަސްއެކިގޮތްގޮތަށް ފާހަގަކުރެވެމުންދެއެވެ.

މިޒަމާނުގައި އެދުވަސް ފާހަގަކުރުމުގެ ގޮތުން މީހުން ސިހޭ ފަދަ ބިރުގަންނަ ފަދަ ނުވަތަ ހެއްވުމަށް ޚަބަރުތަކާއި އެއްޗެހި އެކިވަޞީލަތްކުން ފާހަގަކޮށް ފަތުރާ ހަދައެވެ. މިކަން ވަނީ މުސްލިމުންގެ ތެރޭގައިވެސް ދީނަށް މާބޮޑަށް ވިސްނާލުމެއްނެތި ކުރެވެމުންދާ ކަމެއްކަމަށްވެފައެވެ. އެހެންކަމުން މިކަން ފާހަގަ ކުރުން އިސްލާމްދީނުގެ ނަޒަރުގައި އެނގުމަކީ މުހިންމު ކަމެކެވެ. އެހެނީ މިފަދަ ހުއްދަނޫން އާދަތަކަކީ ކުޑަކަމެއްކަމުގައި އަޅުގަނޑުމެންނަށް ހީވިކަމުގައިވިޔަސް މިއީ ދީނާ ފުށުއަރާ ބޮޑެތި ކަންތައްތަކެކެވެ. އެކަންކަމުން އަޅުގަނޑުމެން މުސްލިމުން ދުރުވާން ޖެހެއެވެ. އަދި ރައްކާތެރިވާން ޖެހެއެވެ. 

 އެޕްރީލް ފޫލް ފާހަގަކުރުމުގެ ޙުކުމް.  
ޝެއިޚު އިބުނު ޢުޘައިމީން ރަޙިމަހުﷲ ބަޔާންކުރައްވާފައިވެއެވެ. “ބައެއް މޮޔައިން ފާހަގަކުރާ އެޕްރީލް ފޫލާއި މެދުގައި އެކަމުގެ މައްޗަށް މުސްލިމުން އަޚުންނަށް އިންޒާރުކުރަމެވެ. ހީވާގޮތުން މިހާރު އެދުވަސްވަނީ ކައިރިވެފައެވެ. މިކަން އައިސްފައިވަނީ ޔަހޫދީންނާއި ނަޞާރާއިންނާއި މަޖޫސީންނާއި އަދި ކުފުރުގެ އަހުލުވެރިންގެ ގާތުންނެވެ. އެކަމަކީ އެއްގޮތަކުން ބަލާއިރު ދޮގެކެވެ. ދޮގު ހެދުން ޝަރުޢީގޮތުން ވަނީ ޙަރާމްވެގެންނެވެ. އަދި އަނެއްގޮތުން ބަލާއިރު ކާފަރުންނާއި ވައްތަރުވެގަތުމެކެވެ. ކާފަރުންނާއި (އެމީހުންގެ ދީނާއި އަދި އާދަތަކުގެ ޙާއްޞަކަންކަމުގައި) ވައްތަރުވެގަތުމަކީ ޙަރާމްކަމެކެވެ.

 ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (مَن تَشَبَّهَ بِقَومٍ؛ فَهو مِنهُم) މާނައީ: ބަޔަކާއި ވައްތަރުވެގެންފިމީހާވަނީ އެބަޔެއްގެ ތެރެއިންނެވެ…..” ޝެއިޚުގެ ބަސްކޮޅު ކުރުކޮށްލެވިފައި. 

 ޝެއިޚު ޞާލިހު ފައުޒާން ޙަފިޒަހުﷲ މިދުވަހުގެ ޙުކުމް ބަޔާންކޮށްދެއްވަމުން ވިދާޅުވެފައިވެއެވެ. “ދޮގު ހެދުން ހުރިހާ ވަޤުތެއްގައިވެސް ޙަރާމްވެގެންވެއެވެ. އަދި ކާފަރުންނާއި މިފަދަ ކަންކަމުގައި އަދި އެނޫންކަމެއްގައިވެސް އެއްވައްތަރުވެގަތުން ޙަރާމްވެގެންވެއެވެ…” 
 ޙަރާމްކަމަށް ދަލީލުކުރާ ބައެއް ދަލީލުތައް. 
 ދޮގުހެދުމުގެ ނުބައިކަން. 
 ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (وَإِيَّاكُمْ وَالْكَذِبَ فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا) متفق عليه. މާނައީ: އަދި ތިޔަބައީމީހުންގެ މައްޗަށް ދޮގާއި މެދުގައި އިންޒާރުކުރައްވަމެވެ. ފަހެ ދޮގު މަގުދައްކަނީ ފާފައަށެވެ. އަދި ފާފަ މަގުދައްކަނީ ނަރަކައަށެވެ. މީހާ ދޮގުހަދައި އަދި ދޮގު ހެދުމުގައި ކުރިއަރައިދެއެވެ. އެއީ ﷲގެ ޙަޟްރަތުގައި އެމީހަކީ ދޮގުވެރިޔެއްކަމުގައި ލިޔެވިއްޖައުމަށް ދާންދެނެވެ.” 

 މަޖަލަށް މީހުން ހެއްވަން ދޮގު ހެދުމުގެ ނުބައިކަން. 
 އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (وَيْلٌ لِلَّذِي يُحَدِّثُ فَيَكْذِبُ لِيُضْحِكَ بِهِ الْقَوْمَ وَيْلٌ لَهُ وَيْلٌ لَهُ) رواه أبو داود في سننه: 4990 و حسنه الألباني. 
 މާނައީ: “މީސްތަކުންނާއި ވާހަކަދެއްކުމުގައި މީސްތަކުން ހެއްވަންވެގެން ދޮގުހަދާމީހާގެ މައްޗަށް ހަލާކުހުއްޓެވެ. އެމީހަކަށް ހަލާކުހުއްޓެވެ. އެމީހަކަށް ހަލާލުހުއްޓެވެ.” މީހުން ބިރުގެންނެވުމުގެ ނުބައިކަން. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (لَا يَحِلُّ لِمُسْلِمٍ أَنْ يُرَوِّعَ مُسْلِمًا) رواه أبو داود في سننه 5004 و صححه الألباني. މާނައީ: މުސްލިމަކަށް އެހެން މުސްލިމެއް ބިރުގަންނަވަން ހުއްދަވެގެން ނުވެއެވެ. 
 ޔަހޫދީންނާއި ނަޞާރާއިންނާއި އެއްގޮތްވުން.
 ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ‏)لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ‏”‏‏.‏ قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ‏”‏ فَمَنْ( رواه البخاري ومسلم. މާނައީ: “ތިޔަބައިމީހުންގެ ކުރީގެ މީހުންގެ ގޮތްތަކަށް ތިޔަބައިމީހުން ކާވަތުން ކާވަތުން ތަބާވާނެއެވެ. އެޔަށްފަހު މުށްމުށުން ތަބާވާނެއެވެ. އެއީ އެބައިމީހުން ސަޙަރާގެ އުޅޭ ބޮނޑެއްކަމަށްވާ ޟައްބުގެ ޙަރަށް ވަންކަމުގައިވިޔަސް އެމީޙުންގެ ފަހަތުން ގޮސްވަންނާނެއެވެ. ދެން ތިމަންބޭކަލުން(ޞަޙާބީ ބޭކަލުން) ދެންނެވީމެވެ. އޭ ރަސޫލުﷲއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިންހެއްޔެވެ؟ ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. “ދެން ކޮންބައެއްހެއްޔެވެ؟”  

ނިންމުން. 
 ވީމާ މިފަދަ ކަންކަމުން އެންމެ ދުވަހަކުވެސް އެންމެ ހިނދުކޮޅަކުވެސް ކުރުން ހުއްދަވެގެންނުވެއެވެ. އެހެނީ މިކަމުގެ އަސްލު ހުއްދަވެގެން ނުވާއިރު މިކަމުގެ ސަބަބުން އެތައް މައްސަލަތަކެއް ނިކުމެގެންދެއެވެ. ވީމާ ދުޢާއަކީ އަޅުގަނޑުމެންނަކީ މިފަދަ ނުބައިކަން ކަން މަޖާކަމަކަށް ދެކިގެން ކުރާ ބަޔެއްކަމުގައި ނުލެއްވުމެވެ. އަދި މިފިތުނައިން ސަލާމަތްކުރެއްވުމެވެ. وصلى الله وسلم على محمد و آله و صحبه أجمعين. آمين.

Read more...

Sunday, February 25, 2018

Iburaiytheri vaahaka: Ziney kuri alhuveriya

ޢިބުރަތްތެރިވާހަކަ: ޒިނޭކުރި އަޅުވެރިޔާ
أبو عبد الله عبد الرحيم المدني

އަބޫ ޛައްރު ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ބަނީ އިސްރާއީލު ބާގައިގެ އަޅުކަންކުރާ މީހަކު އަޅުވެރިވެ އޭނާގެ މުންނާރުގައި ފަސްދޮޅަސް އަހަރުވަންދެން ﷲ އަށް އަޅުކަން ކުރުންމަތީ ދެމިހުރެއްޖެއެވެ. އެޔަށްފަހު ވާރެ ވެހި ބިންމަތި ފެހިވެއްޖެއެވެ. ދެން މިއަޅުވެރިޔާ އޭނާގެ މުންނާރުން ބޭރު ބެލުމަށްފަހު ބުނެފިއެވެ. ތިމަންނާ މިތަނުން ފައިބާ ﷲގެ މަތިން ޒިކުރުކޮށް ހަދައިފިނަމަ ހެޔޮކަން އިތުރުވާނެއެވެ.

ދެން އޭނާ އެތަނުން ފައިބައިފިއެވެ. އޭރު އޭނާގެ އަތުގައި ގޮދަން ރޮއްޓެއް ނުވަތަ ދެރޮއްޓެއް އޮތެވެ. ދެން ބިންމަތީގައި އުޅެނިކޮށް އަންހެނަކާ ދިމާވެއްޖެއެވެ. ދެން އެޔަށްފަހު އެދެމީހުން ދެމީހުންނަށް ވާހަކަދައްކަމުން ގޮސް އެދެމީހުން އެއްދާންކޮށް ޒިނޭކޮށްފިއެވެ. އެޔަށްފަހު އޭނާ ހޭވެރިވެއްޖެއެވެ. އެޔަށްފަހު އޭނާ ކުޑަ ފެން ގަނޑަކަށް ފެންވަރަން ފައިބައިފިއެވެ. އެހިނދު ސަލާން ޖަހާ މީހަކު އައިސްފިއެވެ. ދެން އެމީހާއަށް އޭނާ ފެންގަނޑުގައި އޮވެފައި އެރޮށި ނުވަތަ ދެރޮށި ނެގުމަށް އިޝާރާތްކޮށްލިއެވެ. އެޔަށްފަހު އޭނާ މަރުވެއްޖެއެވެ. ދެން އޭނާ މަރުވުމަށްފަހު އޭނާގެ ފަސްދޮޅަސް އަހަރުގެ އަޅުކަން އެ ޒިނޭއާ އަޅާކިރުނު އިރު އެޒިނޭ އޭނާގެ ހެޔޮކަންކަމަށްވުރެ ބަރުވެއްޖެއެވެ. އެޔަށްފަހު އެދެގޮދަން ރޮށި އޭނާގެ ހެޔޮކަމުގެ ތެރެއަށް ލެވިއްޖެއެވެ. އެޔަށްފަހު އޭނާގެ ހެޔޮކަން ބަރުވެ ﷲ އޭނާގެ ފާފަ ފުއްސަވައިފިއެވެ. 

 (މަޞްދަރު: ޞަޙީޙް އިބުނު ޙިއްބާން 820، ޙަދީޘްގެ މާނަ)
 މި ޙަދިޘުން ލިބޭ ޢިބުރަތްތައް: 
 1. ޒިނޭގެ ފާފައިގެ ބޮޑުކަން. 
 2. އަދި ﷲގެ ދަލީލުތަކަށް ވިސްނާ ފިކުރުކޮށްފިނަމަ އީމާންކަން އިތުރުވާކަން. 
 3. ޝައިތާނާ އިންސާނާ މަގުފުރެއްދުމަށްއ އަންނަނީ ހެޔޮމަގުތަކުން ކަން. 
 4. ޝައިތާނާ އަންހެނުންނާއި ފިރިހެނުން މަގު ފުރައްދާ ގޮތްތައް. 
 5. އަދި ޞަދަޤާތް ކުރުމުގެ މާތްކަން އަދި ﷲގެ ރަޙުމަތުގެ ތަނަވަސްކަން ބޮޑުވެގެންވާކަން.

Read more...

Thursday, October 22, 2015

aashoora duvas olhijje. dhen kihineh hadhanee?

ޢާޝޫރާ ދުވަސް އޮޅިއްޖެ. ދެން ހަދާނީ ކިހިނެއް ؟

الحمد لله رب العالمين. الصلاة و السلام على أشرف الأنبياء و المرسلين. و بعد: ޢާޝޫރާ ދުވަހަކީ މުޙަައްރަމު މަހުގެ ދިހަވަނަ ދުވަހެވެ. އެކަމާމެދުގައި ޝައްކެއްނެތެވެ. އެދުވަހު ރޯދަ ހިިފުން ނުހަނު މަތިވެރިވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަަމަ ޙަދީޘްކުރައްވާފައިވެއެވެ. (يُكَفِّرَ السَّنَةَ الَّتِي قَبْلَ) މާނައީ: "އިސްވެދިޔަ އަހަރުގެ ފާފަ ފުހެދެއެވެ." ރިވާކުރެއްވީ މުސްލިމް. ނަމަވެސް މި އަހަރުގެ ޢާޝޫރާ ދުވަހާއި މެދުގައި އެކިފަރާތްތަކުން އެކި ދުވަސްތައް އެކަމުގައި ބުނާތީ އޮޅިއްޖެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެއެވެ. މީސްތަކުން ޚިލާފުވެއްޖެނަމަ ކަންތައްކުރަންވީ ގޮތް ﷲ ސުބުޙަނަހޫ ވަތަޢާލާ ބަޔާންކުރައްވާފައިވެއެވެ.


Read more...

Thursday, January 15, 2015

އިބުނު ޢުޘައިމީންގެ އަލްއަޞްރު ސޫރަތުގެ ތަފުސީރު 4.

އިބުނު ޢުޘައިމީންގެ އަލްއަޞްރު ސޫރަތުގެ ތަފުސީރު 4.
ތަރުޖަމާ: ޢަބޫ ޢަބްދުﷲ ޢަބްދުއްރަޙީމް އަލްމަދނީ

ހަތަރުވަނަ ޞިފައަކީ: (وَتَوَاصَوْا بِالصَّبْرِ ) ލަފުޒީ މާނައީ: “އަދި އެބައިމީހުން ކެތްތެރިވުމަށް ވަޞިއްޔަތްކުޅައެވެ.” އެބަހުގެ މުރާދަކީ: އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކުޅައެވެ. ކެތްތެރިވުމަކީ އެމީހެއްގެ ނަފުސު ކުރަން އެކަށީގެންނުވާ ކަންކަމުން އަރައިގަތަނުދީ ހިފެހެއްޓުމެވެ. އަދި ޢިލްމުގެ އަހުލުވެރިން “ކެތްތެރިކަން” ތިންބަޔަކަށް ބައްސަވައެވެ. ފުރަތަމަ ބަޔަކީ: ﷲއަށް ކިޔަމަންތެރިކަން އަދާކުރުމަށްޓަކައި ކެތްތެރިވާ ކެތްތެރިވުމެވެ. ދެވަނަބަޔަކީ: ﷲ ޙަރާމްކުރެއްވި ކަންކަން ނުކުރުމަށް ކެތްތެރިވާ ކެތްތެރިވުމެވެ. ތިންވަނަބަޔަކީ: ﷲގެ މިންވަރުފުޅަށް (ޤަދަރުފުޅަށް) ކެތްތެރިވުމާ ކެތްތެރިވުމެވެ.

ހެޔޮޢަމަލުތައް ކުރުމަށް ކެތްތެރިވާ ކެތްތެރިވުން ދަންނާށެވެ. ވަރަށް ގިނަމީހުން ޖަމާޢަތުގައި ނަމާދުކުރުމަށް ކަންނެތްވެއެވެ. މިސާލަކަށް މިސްކިތަށް ނުގޮސް އެބައިމީހުން ބުނެއެވެ. ތިމަންނަ ނަމާދުކުރާނީ ގޭގައެވެ. އަދި ވާޖިބު އަދާކުރާނީ ގޭގައެވެ. (މިފަދައިން ބުނެ) ކަންނެތްވެއެވެ. އަދި އޭނާއަށް ބުނާށެވެ. އޭ އަޚާއެވެ. ތިބާގެ ނަފުސުގެ މައްޗަށް ކެތްތެރިކަން އަދާކުރާށެވެ. ނަފުސުހިފަހައްޓައި އަދި ޖަމާޢަތުގައި ނަމާދުކުރުމަށް ޒިންމާއަދާކުރާށެވެ. އަދި ވަރަށް ގިނަމީހުން އެމީހުންގެ މުދަލުން ނެރެންޖެހޭ ޒަކާތުގެ ބައިފެނިއްޖެނަމަ ދަހިވެ ބަޚީލުވެ އެބައިމީހުން ފަސްޖެހޭގޮތްވާތަން އާދެއެވެ. މިހާގިނަ މުދާތައް ނެރެންވީހެއްޔެވެ؟ ނުވަތަ މިމުދާތައް ބަހައްޓަންވީހެއްޔެވެ؟ މިފަދަ ގޮތަކަށް އެބައިމީހުން ފަސްޖެހޭގޮތްވެއެވެ. ފަހެ އޭނާއަށް ބުނާށެވެ. އޭ އަޚާއެވެ. ޒަކާތް އަދާކުރުމަށް ތިބާގެ ނަފުސުގެ މައްޗަށް ކެތްތެރިވާށެވެ. އަދި ހުރިހާ އަޅުކަންތަކަކަށްވެސް (ވަޞިއްޔަތްކުރާނީ) މިފަދައިންނެވެ. ފަހެ ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ނަމާދާއި ބެހޭގޮތުން ވަހީކުރައްވާފައިވާ ފަދައިން އަޅުކަންތަކަކީ މިފަދަ ކަމެކެވެ. (وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ ) البقرة: 45 މާނައީ: “އަދި ހަމަކަށަވަރުން އެއީ (ނަމާދަކީ) ބިރުވެތިވާމީހުން ފިޔަވައި (އެހެންމީސްތަކުންނަށް) ބޮޑުވެގެންވާ ކަމެކެވެ.” ﷲ ތަޢާލާގެ ގިނައަޅުތަކުންނަށް އަޅުކަންތަކަކީ ބޮޑުވެގެންވާ ބުރަކަމެއްގެ ގޮތުގައި ފެނެއެވެ. ފަހެ އެބައިމީހުންނަށް ހެޔޮކަންކަން ކުރުމަށް ކެތްތެރިވުމަށް ވަޞިއްޔަތްކުރުން ހުއްޓެވެ. ހަމައެފަދައިން ފާފަތަކަށް ކެތްތެރިވުމަށްވެސް މެއެވެ. ބައެއް މީހުން އެބައިމީހުންގެ ނަފުސުތައް ޙަރާމްކަންކަން ކަމަށްވާ ރިބާއާއި މަކަރުހެދުމާއި އޮޅުވާލުން ފަދަ އެނޫން ޙަރާމް ކަންކަމަށް އަރިގަތުމުގައި ހޭދަކުރެއެވެ. ފަހެ އޭނާއަށް ބުނާހުށިކަމެވެ. އޭ އަޚާއެވެ. ތިބާގެ ނަފުސުގެ މައްޗަށް ކެތްތެރިވާށެވެ. ފަހެ ޙަރާމްގޮތުގައި ކަންކަން ނުކުރާށެވެ. އަދި ބައެއްމީހުން އަންހެނުންނަށް ބަލާހަދައެވެ. އެބައިމީހުން ވިޔަފާރިކުރާ ތަންތަނުގައި އަންހެނުންނަށް ބަލާހަދަމުން ހިނގާތަން ފެންނާނެއެވެ. އެބައިމީހުންނަށް ބުނާށެވެ. އޭ އަޚާއެވެ. ތިފަދަ ކަންކަމުން (ދުރުވުމުގެ މައްޗަށް) ތިބާގެ ނަފުސުގެ މައްޗަށް ކެތްތެރިވާށެވެ. އަދި އެބައިމީހުން ﷲގެ ސުބުޙާނަހޫ ވަތަޢާލާގެ ޤަދަރުފުޅުގެ (މިންވަރުފުޅުގެ) މައްޗަށް ވަޞިއްޔަތްކުރާ ކުރުން ދަންނާށެވެ. އިންސާނާގެ ހަށިގަނޑަށް ބައްޔެއް ޖެހެއެވެ. އަދި އިންސާނާގެ މުދަލުން ބައެއް ގެއްލިދެއެވެ. އަދި އިންސާނާއަށް އޭނާ ލޯބިވާ މީސްތަކުން ގެއްލިދެއެވެ. އަދި އެކަމާ ދެރަވެ ހިތްހަމަނުޖެހި އަދި އެކަމާ ވޭންއަޅައެވެ. ފަހެ އެކަންކަމުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތްކޮށް ހަދަންޖެހެއެވެ. އޭ އަޚާއެވެ. ކެތްތެރިވާށެވެ. ތިއީ (ޤަދަރުގައި) މިންވަރުގައިވާ ކަމެކެވެ. ދެރަވުމަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. އަދި ދެރަވެފައި ހުންނަ ހުރުން ހުއްޓާނުލާ ހުރިކަމުގައިވިޔަސް އެކަމުން ލިބުނު ދެރަފިލައިގެން ނުދެއެވެ. އެމީހެއްގެ ދަރިފުޅު މަރުވެފައިވާ މީހާއަށް އަހަރެމެން ބުނާނީ މިފަދައިންނެވެ. އޭ އަޚާއެވެ. ކެތްތެރިވާށެވެ. އެއީ އެޔަށްފަހު އުފަންނުވާ ކުއްޖެއްކަމުގައި ވިސްނާށެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އެއް އަންހެން ދަރިކަނބަލަކަށް ޙަދީޘްކުރެއްވި ފަދައިންނެވެ. (‏إِنَّ للهِ مَا أَخَذَ، وَلَهُ مَا أَعْطَى، وَكُلًّ شَيْءٍ عِنْدَهُ بِأَجَلٍ مُسَمّى، فَمُرْهَا فَلْتَصْبِر وَلْتَحْتِسبْ) (1) މާނައީ: “ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ނެންގެވި އެއްޗެއް ވަނީ އެއިލާހަށެވެ. އަދި އެއިލާހު ދެއްވިއެއްޗެއްވެސް ވަނީ އެއިލާހަށެވެ. ﷲ ގެ ޙަޟްރަތުގައި ކޮންމެ އެއްޗެއްވެސް ވަނީ އެއެއްޗެއްގެ ވަޤުތުކަނޑައެޅިފައެވެ. ފަހެ ކެތްތެރިވުމަށާއި (ޘަވާބަށް) އުއްމީދުކުރުމަށް އެކަމަނާއަށް އަމުރުކުރާށެވެ.” ހުރިހާކަމެއްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. ފަހެ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ މިލްކުގެ ދަށުގައިވާ އެއްޗެއް ނެންގެވުމުން އެކަމަށް ޝަކުވާކުރާނީ ކޮންފަދައަކުން ހެއްޔެވެ؟އަދި އެކަމަށް ރުޅި އަންނާނީ ކޮންފަދަ އަކުން ހެއްޔެވެ؟ ކެތްތެރިވުމުގެ ވައްތަރުތަކުގެ ތެރެއިން ނަފުސުތަކުގެ މައްޗަށް އެންމެ ދަތިއުނދަގޫ ވެގެންވާ ކެތްތެރިވުމަކީ ކޮބައިހެއްޔޭ ބުނެވިއްޖެނަމަ ޖަވާބަކީ މިއެވެ. އެކަން ތަފާތުވެގެންވެއެވެ. ބައެއްމީހުންނަށް އެންމެ އުނދަގޫ ވެގެންވަނީ ހެޔޮކަންކަމުގެ މަތީގައި ދެމިހުރުމެވެ. އަދި އެކަން ވަރަށްބޮޑު ބުރައަކަށް އެމީހުންނަށް ވެއެވެ. ބައެއްމީހުންގެ އޭގެ އިދިކޮޅެވެ. އެބައިމީހުންނަށް ހެޔޮކަންކަން ކުރުން ފަސޭހަވެގެންވެއެވެ. ނަމަވެސް ފާފަތައް ދޫކޮށްލަން އެބައިމީހުންނަށް އުނދަގޫވެގެންވެއެވެ. އަދި ބޮޑުވެގެންވާ އުނދަގޫ ވުމަކުން އުނދަގޫވެގެންވެއެވެ. އަދި ބައެއްމީހުން ހެޔޮކަންކަން ކުރުމަށް ކެތްތެރިވުން ފަސޭހަވެގެންވެއެވެ. އަދި ފާފަތަކުން ދުރުވެ ހުރުމުގެ މައްޗަށް ކެތްތެރިވުން ފަސޭހަވެގެންވެއެވެ. ނަމަވެސް މުޞީބާތެއް ޖެހުމުން އެބައިމީހުންނަށް ކެތްތެރިކަން ތަޙައްމަލެއްނުކުރެވެއެވެ. އަދި އެކަމަށް އެބައިމީހުން ނުކުޅަދާނަވެގެންވެއެވެ. ބައެއްމީހުން އެކަމުގައި ގޮސް މުރުތައްދުވާ ހާލަށް ދެއެވެ. – ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިން ރައްކާތެރިކަމަށް އެދެމެވެ. – އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. (وَمِنَ النَّاسِ مَن يَعْبُدُ اللَّـهَ عَلَىٰ حَرْفٍ، فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَىٰ وَجْهِهِ، خَسِرَ الدُّنْيَا وَالْآخِرَةَ ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ ) الحج: 11. މާނައީ: “މީސްތަކުންގެ ތެރޭގައި ޝައްކެއްގެ މަތީގައިހުރެ ﷲއަށް އަޅުކަން ކުރާ މީސްތަކުންވެއެވެ. ފަހެ އެމީހަކަށް ހެޔޮކަމެއް ދިމާވެއްޖެނަމަ އޭނާއަށް އެކަމުން ހަމަޖެހުން ލިބިގަނެއެވެ. އަދި (އެމީހަކު އިމްތިޙާނުކުރަނިވި) މުޞީބާތެއްޖެހިއްޖެނަމަ އޭނާގެ މޫނު އެނބުރިދެއެވެ. (އެއީ އިސްލާމްކަމުން ކުފުރުގެ މައްޗަށް އެނބުރިދެއެވެ.) އެމީހެއްގެ ދުނިޔެއާއި އާޚިރަތް އެމީހަކަށް ގެއްލިއްޖެއެވެ. ފާޅުވެގެންވާ ގެއްލުމަކީ(ހަލާކަކީ) އެއީއެވެ.” އެހެންކަމުން މި ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ހުވާގެ ބަސްފުޅުން ވަޙީކުރައްވައި އެބަސްފުޅު އިތުރަށް ޔަޤީންކުރުމަށް (إنَّ) އާއި (اللام) އިން ހުރިހާ އާދަމުގެ ދަރިންވަނީ ގެއްލުމުގައި (ހަލާކާއި ފަސާދައިގައި) ކަން ބަޔާންކުރައްވައެވެ. އަދި އެފަސާދަ ހަލާކު ގެއްލުންވަނީ އެބައިމީހުންގެ ހުރިހާ ދިމާއަކުން ވަށައިލައިފައެވެ. އެއީ މިބަޔާންކުރަނިވި ހަތަރު ޞިފަ ލިބުނު މީހުން ފިޔަވައެވެ. އީމާންކަމާއި އަދި ހެޔޮޢަމަލުކުރުމާއި އަދި ޙައްޤަށް ވަޞިއްޔަތްކުރުމާއި އަދި ކެތްތެރިވުމަށް ވަޞިއްޔަތްކުރުމެވެ. އިމާމު ޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. (‏لَوْ لَمْ يَنْزِلْ الله عَلَى عِبَادِهِ حُجَّةٌ إِلاَّ هَذِهِ السُّوْرَةُ لَكَفَتْهُمْ) މާނައީ: ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާޙުގެ އަޅުތަކުންގެ މައްޗަށް ޙުއްޖަތް ޤާއިމުކުރުމަށްޓަކައި އެއްވެސް ސޫރަތެއް ބާވާނުލައްވައި ހަމައެކަނި މިސޫރަތް( ޢަޞްރު ސޫރަތް) ބާވާލެއްވިނަމަވެސް ޙުއްޖަތަކަށް ފުދުނީހެވެ.” އެބަހީ އެބައިމީހުންގެ މައްޗަށްވާ ނަޞީޙަތެއްކަމުގައި އަދި އެބައިމީހުން އީމާންވުމާއި އަދި ހެޔޮ ޢަމަލުކުރުމާއި އަދި ﷲގެ މަގަށް ދަޢުވަތު ދިނުމާއި އަދި އެކަމުގެ މައްޗަށް ކެތްތެރިވުމުގެ މައްޗަށް ބާރުއަޅާކަމެއްކަމުގައި ފުދުނީއެވެ. އެއްވެސް ހާލެއްގައި މިއީ ޙަލްޤުތަކުންގެ މައްޗަށް ޝަރީޢަތުގެ ހުރިހާކަމެއްގައި ފުދިގެންވާ ސޫރަތެއްކަމުގައި، އެކަލޭގެފާނުގެ މުރާދެއްކަމުގައި ނުވެއެވެ. ނަމަވެސް ނަޞީޙަތެއްކަމުގައި އެބައިމީހުންގެ މައްޗަށް ފުދުނީހެވެ. ބުއްދި ހުރި ކޮންމެ އިންސާނަކު އޭނާ ވަނީ ގެއްލުމާއި (ހަލާކާއި ފަސާދައިގައި)ކަން އެނގިއްޖެނަމަ އަދި އެކަމުން ސަލާމަތްވުން އޮތީ މިޞިފަތައް ލިބިގެންކަން އެނގިއްޖެނަމަ، އެމީހަކު އެހަތަރު ޞިފަ އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ލިބުމަށް ގަދައަޅައި މަސައްކަތްކުރާނެއެވެ. އެއީ އޭނާގެ ނަފުސު ހަލާކާއި(ގެއްލުމާއި ފަސާދައިން) ސަލާމަތްވެއްޖައުމަށް ކުރަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިން އަޅުގަނޑުމެންނަކީ (ސަލާމާތްވެގެންވާ) ކާމިޔާބު ލިބިގެންވާ ތައުފީޤު ލިބިގެންވާ ބަޔެއްކަމުގައި ލެއްވުން އެދި ދުޢާ ދަންނަވަމެވެ. އެއިލާހަކީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ.” ޢައްލާމާ ފަޤީހު މުޙައްމަދު ބިން ޞާލިހު އަލްޢުޘައިމީން ރަޙިމަހުﷲ މި ސޫރަތުގައި ކުރައްވާފައިވާ ތަފުސީރު ނިމުނީ. الحمد لله الذي بنعمته تتم الصالحات. _____________ (1) أخرجه البخاري، كتاب الجنائز. باب قول النبي صلى الله عليه وسلم: يعذب الميت ببعض بكاء أهله عليه. (1284) و مسلم، كتاب الجنائز. باب البكاء على الميت. (923) (11)

Read more...

Saturday, December 6, 2014

nolhaalevunu shaheedh Imam Abu bakr Nabulusyge vaahaka.

ނޮޅާލެވުނު ޝަހީދު އިމާމު އަބޫބަކުރު އައްނާބުލުސީ ރަޙިމަހުﷲ.
އެކުލަވާލީ: أبو عبد الله عبدالرحيم بن أبي عبد الله المدني

އެކަލޭގެފާނަކީ އިމާމު، މުޙައްދިޘު، ޝަހީދު، ފަޤީހު މުޙައްމަދު ބިން އަޙުމަދު ބިން ސަހްލު އައްރަމްލީއެވެ. އެކަލޭގެފާނުގެ ކުންޔާއަކީ އަބޫބަކުރުއެވެ. އަދި ނިސްބަތްވެ ވަޑައިގަންނަވަނީ ނާބުލުސްއަށެވެ. އެކަލޭގެފާނު މަޝްހޫރު ވެވަޑައިގެންފައިވަނީ އިމާމު އިބުނު އައްނާބުލުސީގެ ނަމުންނެވެ. އެކަލޭގެފާނު ޙަދީޘް އުގެނިވަޑައިގެންނެވި އުސްތާޛުންގެ ތެރޭގައި ސަޢީދު ބިން ހާޝިމް އައްޠަބަރާނީ، މުޙައްމަދު ބިން ޙަސަން އަލްޤުތައިބާ، މުޙައްމަދު ބިން އަޙުމަދު ބިން ޝައިބާން އައްރަމްލީ އަދިވެސް އެނޫން ބޭކަލުން ހިމެނިވަޑައިގަނެއެވެ.

 އެކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި އިމާމު ދާރުޤުޠުނީ، ތައްމާމު އައްރާޒީ، ޢަބްދުލް ވައްހާބު އަލްމައިދާނީ ހިމެނިވަޑައިގަނެއެވެ. އެކަލޭގެފާނު ދިރިއުޅުއްވީ ރަމްލާގައެވެ.

 (ޢުބައިދީން ޝީޢީންގެ ބާޠިނީ ފިރުޤާއެއްކަމަށްވާ މިބައިމީހުން ފަލަސްތީނު ހިފުމަށްފަހު އަހުލުއް ސުންނަތް ޖަމާޢަތުގެ މީހުންނަށް ދަތިކޮށް ޢިލްމުވެރިންނަށް މަޖުބޫރު ކޮށްގެން މިސްކިތްތަކުގެ ޞަޙާބީ ބޭކަލުންނަށް ލަޢުނަތްދީ ބަދުބަސްބުނުވަން ފަށައި،) ޟުޙާ ނަމާދާއި ތަރާވީސްނަމާދު ކުރުން މަނާކޮށްފިއެވެ. އަދި ޢިލްމުވެރިން މަރައި ޤަތުލުކުރަން ފަށައިފިއެވެ. (މިހެން ކަމުން އެކަލޭގެފާނު ދެކެވަޑައިގެންނެވީ އެބައިމީހުންނާ ހަނގުރާމަކޮށް ޖިހާދުކޮށް އެބައިމީހުން ޤަތުލުކުރަންޖެހޭނެ ކަމަށެވެ. ޝީޢީންގެ ދީނުންބޭރުވެފައިވާ ބާޠިނީ ފިކުރުގެ މިބައިމީހުންގެ ވެރިންނަށް ކިޔަމަންވާން ޖެހޭނެ ކަމަކަށް އެކަލޭގެފާނު ދެކެވަޑައިނުގަންނަވައެވެ.)


Read more...

Friday, October 24, 2014

އިބުނު ޢުޘައިމީންގެ އަލްއަޞްރު ސޫރަތުގެ ތަފުސީރު 3.

އިބުނު ޢުޘައިމީންގެ އަލްއަޞްރު ސޫރަތުގެ ތަފުސީރު 3.
ތަރުޖަމާ: أبو عبد الله عبد الرحيم بن عبدالله المدني

ދެވަނަ ޞިފައަކީ: ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. (وَعَمِلُوا الصَّالِحَاتِ ) (އަދި ޞާލިޙު ޢަމަލުތައް ކުރިމީހުންނެވެ.) އެބަސްފުޅުގެ މާނައަކީ ހަމަކަށަވަރުން އެބައިމީހުންނަކީ ހެޔޮ ޢަމަލުތަކުގެ މަތީގައި ޤާއިމުވި މީސްތަކުންނެވެ. އެއީ ނަމާދުކުރުމާއި ޒަކާތްދިނުމާއި ރޯދަހިފުމާއި ޙައްޖުވުމާއި އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި އަދި ގާތްތިމާގެ މީހުންނާއި ގުޅުން ބޭއްވުމާއި އަދިވެސް އެނޫން ޢަމަލުތަކެވެ. އަދި އެބައިމީހުން ހަމައެކަނި އެއީ ހިތުގައި އޮތްކަމެއްކަމުގައި ހަދައިފައި ފުއްދައިލީއެއް ނޫނެވެ. އެއަށް ޢަމަލީސިފަވެސް ގެނައީއެވެ.

އަދި (الصَّالِحَاتِ ) “ހެޔޮޢަމަލުތައް” ހިމެނެނީ އަންނަނިވި ދެކަމުގެ މައްޗަށެވެ.

 ފުރަތަމައީ: ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އިޚުލާސްތެރިވުމެވެ.
 ދެވަނައީ: ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމެވެ.

 އެކަމުގެ ސަބަބުން ޢަމަލު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާލިޞްކަމާއެކު ނުކުރާކަމުގައިވާނަމަ ވަނީ ރައްދުވެގެންނެވެ. (އެ ޢަމަލު ޤަބޫލުވެވިގެން ނުވެއެވެ.) ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރިވާކުރައްވާފައިވާ އެއިލާޙުގެ ވަޙީބަސްފުޅެއްކަމުގައިވާ ޤުދުސީ ޙަދީޘުގައި ރިވާވެގެންވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. ( أنا أغنَى الشركاءِ عن الشركِ . مَن عمِل عملًا أشرك فيه معِي غيرِي ، تركتُه وشركُه) (1)(މާނައީ: ތިމަން އިލާހު ޝިރުކުކުރާމީހުންގެ ޝިރުކަށް ފުދިވޮޑިގެންވެއެވެ. (އެބަހީ: ބޭނުންވެ ވޮޑިގެންނުވެއެވެ.) މީހަކު ޢަމަލެއް ކޮށް އެ ޢަމަލުގައި ތިމަންއިލާހާއި އެއްވެސް ބައިވެރިއެއް ޝަރީކުކޮށްފިކަމުގައިވާނަމަ، އޭނާއާއި އޭނާގެ ޝިރުކު ތިމަންއިލާހު ދޫކޮށްލައްވާހުށީމެވެ.”

Read more...

Monday, October 20, 2014

އިބުނު ޢުޘައިމީންގެ އަލްޢަޞްރު ސޫރަތުގެ ތަފުސީރު 2

އިބުނު ޢުޘައިމީންގެ އަލްޢަޞްރު ސޫރަތުގެ ތަފުސީރު 2
ޢަބްދުއްރަޙީމް ބިން މުޙައްމަދު އަލްމަދަނީ

(إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣﴾)) އަދި ﷲ ސުބުޙާނަހޫ ވަތަޢަލާ ވަނީ އެގެއްލުމާއި ހަލާކުން އިސްތިޘްނާ ވެގެންވަނީ (ސަލާމަތް ވެގެންވަނީ) މިޞިފަތަކުން ސިފަލިބިގެންވާ ހަތަރުބަޔެއްކަމުގައި ބަޔާންކުރައްވާފައެވެ. ފުރަތަމަ ޞިފައަކީ: ޖިބްރީލު ޢަލައިހިއްސަލާމް އީމާންކަމާއި ބެހޭގޮތުން ސުވާލުކުރެވުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވި ކަންކަމަށް އެއްވެސް ޝައްކެތް ދެކޮޅުހެދުމެއްނެތި އީމާންވުމެވެ. (ޖިބްރީލު ޢަލައިހިއްސަލާމް އީމާން ކަމާއި ބެހޭގޮތުން ސުވާލުކުރެއްވުމުން އެކަން ބަޔާންކުރައްވައި) ޙަދީޘްކުރެއްވިއެވެ. (‏أَنْ تُؤْمِنَ بِاللهِ، وَمَلاَئِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ) މާނައީ: “ﷲއާއި މަލާއިތް ބޭކަލުންނާއި ބާވާލެއްވެވި ފޮތްތަކަށާއި އަދި ރަސޫލު ބޭކަލުންނާއި ޤިޔާމަތްދުވަހަށް އީމާންވުމެވެ. އަދި ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ.” (1)މި ޙަދީޘްގެ ޝަރަޙަ ނުހަނު ދިގުވެގެންވެއެވެ. އަދި އެތައްތަނެއްގައި އެޙަދީޘް ބަޔާންކޮށްދެވިފައިވާނެއެވެ. މި ހަ އުޞޫލަށް އީމާންވާ މީސްތަކުންނަކީ މުއުމިނުންނެވެ. ނަމަވެސް އެޔާއެކު އީމާންކަމުގައި އެއްވެސް ޝައްކެއް އަދި ވަހުމެއްނެތި ދެކޮޅުހެދުމެއްނެތި އީމާންވުން ވާޖިބުވެގެންވެއެވެ. އެބަހުގެ މުރާދަކީ ތިބާގެ ލޮލުން ފެންނަކަންކަން ފަދައިން އެކަންކަމަށް އީމާންވުމެވެ. މިޙާލަތުގައި މީސްތަކުން ވަނީ ތިން ބަޔަކަށް ބެހިގެންނެވެ.

Read more...

Friday, October 17, 2014

އިސްތިޣުފާރުކުރުމަކީ (ފާފަ ފުއްސަވަން އެދުމަކީ) ކޮބާ؟

އިސްތިޣުފާރުކުރުމަކީ (ފާފަ ފުއްސަވަން އެދުމަކީ) ކޮބާ؟
أبو عبد الله عبد الرحيم المدني

الحمد لله رب العالمين. و الصلاة و السلام على رسوله الأمين، و على آله و صحبه ومن تبعه إلى يوم الدين. و بعد.

ލުޣަވީ މާނަ:
ޢަރަބި ބަހުގައި ބަހުގެ ގޮތުން އިސްތިޣުފާރުގެ މާނައަކީ ފާފަފުއްސެވުން އެދި ދެންނެވުމެވެ. އެބަހުގެ އަސްލަކީ (الغَفْرُ) އަލްޣަފްރު އެވެ. އެބަހުގެ މާނައަކީ ނިވާކޮށް ނުވަތަ ފޮރުވުމެވެ. ބުނެވެއެވެ. غَفَرَ اللهُ ذُنُوْبَهُ: سَتَرَهَا. ( އޭނާގެ ފާފަތައް ﷲ ސުބުހާނަހޫ ވަތަޢާލާ ޣަފަރަކޮށްދެއްވައިފިއެވެ. އެބަހީ: ޣަފަރަ: ފޮރުވައިދެއްވައިފިއެވެ)

އިޞްތިލާޙީ މާނަ:
ދުޢާއިން ނުވަތަ ތައުބާވުމުން ނުވަތަ އެނޫންވެސް ހެޔޮ ޢަމަލުތަކުން ފާފަ ފުއްސެވުން އެދި ދެންނެވުމެވެ.

އިބުނު އަލްޤައްޔިމް ރަޙިމަހުﷲ ބަޔާންކުރައްވައެވެ. ” އިސްތިޣުފާރު، މި ލަފުޒު އެކަހެރިކޮށް އަތުވެއްޖެ ނަމަ އެބަހުގެ މުރާދަކީ ތައުބާވުމާއެކު ފާފަ ފުއްސެވުން އެދި ﷲ ޢައްޒަ ވަޖައްލައަށް ދެންނެވުމެވެ. އެއިލާހަކީ ފާފަފުއްސަވައި އަދި އޭގެ އަޘަރު ދުއްވައިލައި އަދި އޭގެ ނުބައިކަމުން ރައްކާތެރިކަން ދެއްވާ އިލާހެވެ. އަދި ސިތުރު ( އެކަމެއް ފޮރުވައިދޭ ދިނުން) މިމާނައިގައި ކޮންމެހެންވެސް އެކުލެވިގެންވެއެވެ. އެއީ އަންނަނިވި އާޔަތުގައި ވާ ފަދައިންނެވެ.
Read more...

Tuesday, October 14, 2014

ޢަޞްރު ސޫރަތުގެ ތަފްސީރު 1- ޝެއިޚު އިބުނު ޢުޘައިމީން ރަޙިމަހުﷲ.

ޢަޞްރު ސޫރަތުގެ ތަފްސީރު1- ޝެއިޚު އިބުނު ޢުޘައިމީން ރަޙިމަހުﷲ.
ތަރުޖަމާ: ޢަބްދުއްރަޙީމް އަލްމަދަނީ

(بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

وَالْعَصْرِ ﴿١﴾ إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣﴾)

ސޫރަތުގެ މާނަ: “އަދި ޒަމާން ގަންދެއްވަމެވެ. (1) ހަމަކަށަވަރުން އިންސާނާ ވަނީ ގެއްލުމާއި (ހަލާކާއި ފަސާދައިގައި) ކަން ކަށަވަރެވެ. (2) އީމާންވެ ޞާލިޙު ޢަމަލުތައްކޮށް އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް (ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައިކަންކަން މަނާކޮށް) އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކުރި މީހުން މެނުވީއެވެ. (3)”

އަލްޢައްލާމާ އަލްފަޤީހު އިބުނު ޢުޘައިމީން ރަޙިމަހުﷲ މަތީގައި ބަޔާންވެފައިވާ ސޫރަތުގެ ތަފުސީރުގައި ބަޔާންކުރައްވައެވެ. “ބިސްމީގެ ތަފުސީރު އިސްވެ ހިނގައްޖެއެވެ.


Read more...

ޢުމްދަތުލް އަޙުކާމް ޙަދީޘް ފޮތުގެ ތަރުޖަމާ 1،2،3 ވަނަ ބައި

ޢުމްދަތުލް އަޙުކާމް ޙަދީޘް ފޮތުގެ ތަރުޖަމާ 1،2،3 ވަނަ ބައި
أبو عبد الله عبد الرحيم بن أبي عبد الله المدني

الحمد لله رب العالمين و به نستعين. الصلاة و السلام على خير الأنام نبينا محمد و آله و صحبه أجمعين. أما بعد

ޢުމްދަތުލް އަޙުކާމު މިފޮތަކީ ޙާފިޡު އިމާމު އަބްދުލްޣަނީ އަލްމަޤްދިސީ ރަޙިމަހުﷲ “ދީނުގެ ޙުކުމްތަކާއި” ގުޅޭ ޙަދީޘްތައް ޖަމާކުރައްވާފައިވާ ކުޑަ ޙަދީޘްފޮތެކެވެ. އަދި އިމާމު ރަޙިމަހުﷲ މިފޮތުގައި ޞަޙީޙް ބުޚާރީ އަދި ޞަޙީޙް މުސްލިމުގައި ދެފޮތުގައި ބަޔާންވެ އިއްތިފާޤުވެފައިވާ ޙަދީޘްތައް ނެރުއްވުމަށް ބަޔާންކުރެއްވި ކަމުގައިވިޔަސް މަދު މަދުން އެތަނުންއެއްފޮތުގައި ބަޔާންވެގެންވާ ޙަދީޘްތައްވެސް ނެރުއްވާފައިވެއެވެ. މިފޮތުގައިވާ ހުރިހާ ޙަދީޘަކީވެސް ޞައްޙަ ޙަދީޘެވެ. އާދެ މިފޮތަކީ ކުޑަ ނަމަވެސް ވަރަށްވެސް މަޤާމުގެ ގޮތުން ބޮޑު ފޮތެކެވެ. މިކަން އެނގިގެން ދަނީ މިފޮތުގެ މައްޗަށް ޢިލްމުވެރިން ކުރައްވާފައިވާ ޙިދުމަތްތަކުގެ ސަބަބުންނެވެ. މިފޮތުގެ އެތައްގިނަ ޝަރަޙަތަކެއް އެތައް ޢިލްމުވެރިންނެއް ލިޔުއްވާ ޙިދުމަތްކުރައްވާފައިވެއެވެ.

ޑައުންލޯރޑު ކުރައްވާ:  ފުރަތަމަ ބައި
                ދެވަނަ ބައި
                ތިންވަނަ ބައި

Read more...

Friday, October 3, 2014

ފާފައާއި ނުލައި ޢީީދު އުފާ ލިބިގަންނާނީ ކިހިނެއް؟

ފާފައާއި ނުލައި ޢީީދު އުފާ ލިބިގަތުން.

الحمد لله، و صلى الله وسلم على محمد و آله و صحبه.
އަޟްޙާ ޢީދު އަޅުގަނދުމެންނާއި ބައްދަލުކޮށްފިއެވެ. އެދުވަހަކީ މުސްލިމުންގެ ދެވަނަ ޢީދު ދުވަހެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އަޅުގަނޑުމެންނާއި މިބައްދަލު ކުރާ ޢީދަކީ އަޅުގަނޑުމެން ވަރަށް މަޖާ ނަގާ އުފާކުރަން ޖެހޭ ޢީދެކެވެ. އެދުވަހެއްގައި ކައިބޮއި ފާހަގަކޮށް ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކޮށް ހަދަންޖެހޭ ދުވަހެކެވެ. އަދި އުފާފާޅުކޮށް އެއުފަލުގައި މީސްތަކުން ބައިވެރިކުރަން ޖެހޭ ދުވަހެކެވެ.


ނަމަވެސް ހުއްދަގޮތުގައެވެ. ޙަރާމްކަންކަން ނުހިމެނޭގޮތުގައެވެ. ފާފަތަކާއި ފާޙިޝްކަންކަމާއި ނުލައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމްކުރެއްވި ކަންކަމުން ދުރުވެ ތިބެއެވެ. ހުއްދަގޮތުގައެވެ. އެގޮތުން ތިރީގައި މި ފާހަގަކޮށްލަނީ ދިވެހިރާއްޖޭގައި ޢީދުގައި ދީނާއި ޚިލާފަށް ކުރެވޭ ބައެއްކަންކަމެވެ.
ހ. މިޔުޒިކު ޝޯތައް ބޭއްވުން.
ށ. ދެޖިންސު މަސްހުނިވެ ނަށައި ފެންޖަހައި، އެކި އެކި ފާޙިޝްކަންކަމަށް އަރައިގަތުން.
ނ. އަންހެނުން ފިރިހެނުން ހެދުންލުމާއި ފިިރިހެނުން އަންހެނުންގެ ހެދުންލުން. މިއީ އެކަން ކުރާ ބަޔަކަށް ލަޢުނަތް ލެއްވިގެންވާކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވާ ކަމެކެވެ.
ރ. އިސްރާފުކުރުން. ނުކެވޭ މިންވަރަށް ކައްކައި އުކާލުން.
ޅ. ފާޙިޝް އަދި ނުބައިމާނަ ހިމެނޭ ލަވަތަކާއި ޅެންތަކާއި ބަދިތައް ކިޔުން.
ކ. މިޔުޒިކު ސާމާނު ބޭނުންކުރުން. މިއީ ޙަރާން ކުރައްވާފައިވާ އެއްޗެހިތަކެކެވެ. މިޔުޒިކަކީވެސް ޙަރާމްކުރައްވާފައިވާ ކަމެކެވެ.
އަދިވެސް ޢީދުގެ އުފަލުގެ ނަމުގައި ކުރެވޭ ދީނާ ޝަރީޢަތާއި ޚިލާފުކަންކަން ހިމެނެއެވެ.
ވީމާ ފާފައާއި ނުލާ ޢީދު ފާހަގަކޮށް ފާފައާއި ނުލައި ޢީދު އުފާ ލިބިގަންނަން އެބަޖެހެއެވެ. މުސްލިމު އުއްމަތަކަށް މުސްލިމުންގެ ބޮޑު އަޅުކަމަކާއި ވިދިގެން ﷲ މާތްކުރެއްވި ދުވަސްތަކެއްގައި އަންނަ ޢީދެއްގައި އެއިލާހަށް އުރެދުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. އަދި މިކަންކުރާ ފަރާތްތަކުންވެސް ކުރަނީ އެއީ ގޯސްކަމެއްކަމުގައި އެނގިގެންނޫންކަމުގައިވެސް ވެދާނެއެވެ. ވީމާ މިފަދަ ކަންކަން ހަނދާން ކޮށްދީ އެއްބަޔަކު އަނެއްބަޔަކަށް ހެދުމަކީ މުސްލިމުންގެ އަޚުލާޤުގެ ތެރެއިން ހިމެނޭ "ފާފައާއި ނުލައި ޢީދު އުފާ" ލިިބިގަނެވެން އޮތް ހަމައެކަނި ގޮތެވެ.
ނިންމާލުމުގެ ކުރިން ޢީދުގެ ހެޔޮ އެދުމާ ތަހުނިޔާ ހުރިހާ މުސްލިމު އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ. އަދި ޢީދުގެ އުފަލުން މަހްރޫމުވެފައިވާ އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންނަށް ނަޞްރުދެއްވައި އެއެންމެހާ ބޭފުޅުންނަށް ހެޔޮ ރަޙުމަތްލައްވާށިއެވެ. ފާފާ އާއި ނުލާ ޢީދު އުފާ އަދި ޢީދު ފާހަގަކުރާ ބައެއް ކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ. އާމީން.
تقبل الله منا و منكم، عيد سعيد مبارك.
وصلى الله وسلم على سيدنا محمد و آله و صحبه أجمعين. و الحمد لله رب العالمين.

Read more...

Wednesday, October 1, 2014

ޢަރަފާތް ދުވަހުގެ މާތްކަން.

ޢަރަފާތް ދުވަހުގެ މާތްކަން.
ޢަބްދުއްރަހީމް ބިން މުޙައްމަދު

الحمد لله رب العالمين. الصلاة و السلام على نبينا محمد و آله صحبه أجمعبن. أما بعد:
ޢަރަފާތްދުވަހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެ މާތްކުރެއްވި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އެދުވަހަކީ އެދުވަސްތަކެއްގައި ކުރެވޭ ޢަމަލުތައް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކުގައި ތެރޭގައި ހިމެނޭ ދުވަހެކެވެ. އެދުވަހުގެ މާތްކަމާއި ބެހޭގޮތުން އެތައް ޙަދީޘްތަކެއް ވާރިދުވެފައިވެއެވެ. އެގޮތުން ކުރުގޮތަކަށް މިތަނުގައި އެދުވަހުގެ މާތްކަމާއި ބެހޭގޮތުން ވާރިދުވެފައިވާ ބައެއް ނައްޞުތައް ޛިކުރުކޮށްލާނަމެވެ.

1. އެދުވަހަކީ އެދުވަހެއްގައި ﷲގެ ދީން ފުރިހަމަކުރެއްވި ދުވަހެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
عَنْ عُمَرَ بْنِ الْخَطَّابِ أَنَّ رَجُلًا مِنْ الْيَهُودِ قَالَ لَهُ يَا أَمِيرَ الْمُؤْمِنِينَ آيَةٌ فِي كِتَابِكُمْ تَقْرَءُونَهَا لَوْ عَلَيْنَا مَعْشَرَ الْيَهُودِ نَزَلَتْ لَاتَّخَذْنَا ذَلِكَ الْيَوْمَ عِيدًا قَالَ أَيُّ آيَةٍ قَالَ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا قَالَ عُمَرُ قَدْ عَرَفْنَا ذَلِكَ الْيَوْمَ وَالْمَكَانَ الَّذِي نَزَلَتْ فِيهِ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ قَائِمٌ بِعَرَفَةَ يَوْمَ جُمُعَةٍ. (1)

މާނައީ: ޢުމަރު ބިން ޚައްޠާބުގެ ކިބައިން ރިވާވެގެންވެއެވެ. ޔަހޫދީންގެ މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. އޭ އަމީރުލް މުއުމިނީންއެވެ. ތިޔަބައިމީހުންގެ ފޮތުގައި (ޤުރުއާނުގައި) ތިޔަބައިމީހުން ކިޔަވައި އުޅޭ އާޔަތެއް، އެއީ ތިމަންނާމެން ޔަހޫދީންގެ މައްޗަަށްވާނަމަ އެދުވަހަކީ ބޮޑުވެގެންވާ ޢީދެއްކަމުގައި ހެދީމުހެވެ. ވިދާޅުވިއެވެ. ކޮން އާޔަތެއް ހެއްޔެވެ؟ ޔަހޫދީ މީހާ ބުންޏެވެ. " الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا (މިއާޔަތެވެ.)" ޢުމަރު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. ތިމަންބޭކަލުންނަށް ހަމަކަށަވަރުން ތިޔަދުވަސް އެނގެއެވެ. އަދި އެއާޔަތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާވަލެއްވި ތަންވެސް އެނގެއެވެ. އެތަނަކީ ހުކުރު ދުވަހު ޢަރަފާތް ބިމުގައި އެކަލޭގެފާނު ތެދުވެވަޑައިގެން ހުންނަވަނިކޮށެވެ."
އެބަހީ ޢުމަރު ރަޟިޔަﷲ ޢަންހުގެ މުރާދަކީ އެއީ މުސްލިމުންގެ ގާތުގައި ވަރަށްވެސް މަތިވެރި ދުވަހެކެވެ. ހުކުރު ދުވަހަކީ މުސްލިމުންގެ ޢީދު ދުވަހެކެވެ. އަދި ޢަރަފާތް ދުވަހަކީ އެޔަށްވުރެވެސް ބޮޑުވެގެންވާ ދުވަހެކެވެ.

2. އެދުވަހަކީ އެދުވަހެއްގައި ހިފާ ރޯދައިގެ ސަބަބުން ދެއަހަރެއްގެ ފާފަ ފުހެލޭކަމަށް ބަޔާންވެގެންވާ ދުވަހެވެ.
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. :
(صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ) (2)
މާނައީ: "ޢަރަފާތް ދުވަހުގެ ރޯދަޔާއި ބެހޭގޮތުން ތިމަންކަލޭގެފާނު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިން، އެއީ އެދުވަހުގެ ކުރިޔަށް އޮތް އަހަރުގެ ފާފަޔާއި އަދި އެދުވަހުގެ ފަހުން އަންނަން އޮތް އަހަރުގެ ފާފަތައް ފުހެލާނެ ރޯދައެއްކަމަށް އުުއްމީދުކުރައްވަމެވެ."

3. އެދުވަހަކީ އެދުވަހެއްގައި އެންމެގިނައިން އަޅުތަކުން ނަރަކައިން މިންޖު ކުރައްވާ ދުވަސްކަމަށް ވާރިދުވެގެންވާ ދުވަހެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنْ النَّارِ مِنْ يَوْمِ عَرَفَةَ.)(3)
މާނައީ: "ދުވަސްތަކުގެ ތެރެއިން الله ސުބުޙާނަހޫ ވަތަޢާލާ، ޢަރަފާތްދުވަހަށްވުރެ ގިނައިން އެހެންދުވަހެއްގައި، އަޅުތަކުން ނަރަކައިން މުއްތިނުކުރައްވަތެވެ."

4. އެދުވަހަކީ އެދުވަހެއްގައި ޢަރަފާތުގައި ތިބިމީހުންގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާ ފަޚުރުވެރިވެ ވޮޑިގަންނަވާ ދުވަހެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައެވެ. " إِنَّ اللَّهَ عَزَّ وَجَلَّ يُبَاهِي مَلَائِكَتَهُ بِأَهْلِ عَرَفَةَ عَشِيَّةَ عَرَفَةَ فَيَقُولُ : انْظُرُوا إِلَى عِبَادِي أَتَوْنِي شُعْثًا غُبْرًا " (4)
މާނައީ: ހަމަކަށަވަރުން ﷲ ޢައްޒަ ވަޖައްލަ މަލާއިކަތުންގެ މައްޗަށް ޢަރަފާތުގެ އަހުލުވެރިންގެ ސަބަބުން ޢަރަފާތްދުވަހު ފަޚުރުވެރިވޮޑިގަނެއެވެ. އަދި ބަސްފުޅު ވަޙީކުރައްވައެވެ. "ތިމަންއިލާހުގެ އަޅުތަކުންނަށް ބަލާބަލާށެވެ. ތިމަންއިލާހަށްޓަކައި އެބައިމީހުން ބޯހޭވި ހިރަފުސްވެފައިވާ ހާލުގައި އެވަނީ އައިސްފައެވެ."

5. އެދުވަހަކީ އެދުވަހެއް ގަންދެއްވައި ﷲ ސުބުޙާނަހޫ ވަތައާލާ ހުވާގެ ބަސްފުޅު ވަޙީކުރައްވާފައިވާ ދުވަހެކެވެ.
(وَالشَّفْعِ وَالْوَتْرِ ) (5) މިއާޔަތުގެ ތަފްސީރުގައި އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. الشَّفْعِ އަކީ ޢަޟްޙާ ޢީދު ދުވަހެވެ. الْوَتْرِ އަކީ ޢަރަފާތް ދުވަހެވެ. (6)

6. އެދުވަހަކީ އެދުވަހުގައި ކުރާ ދުޢާ އެންމެ ހެޔޮވެގެންވާ ދުވަހެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ) (7)
މާނައީ: "އެންމެ ހެޔޮވެގެންވާ ދުޢާއަކީ ޢަރަފާތްދުވަހުގައި ކުރާދުޢާއެވެ. ތިމަންކަލޭގެފާނާއި އަދި ތިމަންކަލޭގެފާނުގެ ކުރީގެ ނަބީބޭކަލުން އެދުވަހު ކުރެއްވި އެންމެ ހެޔޮ ދުޢާއަކީ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ."

7. އެދުވަހަކީ އެދުވަހުގައި ޢަރަފާތުގެ ބިމުގައި ހުރުން އެއީ ޙައްޖުގެ އެންމެ މުހިންމު ރުކުންކަމުގައި ލައްވާފައިވާ ދުވަހެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْحَجُّ عَرَفَةُ) (8)
މާނައީ: "ޙައްޖަކީ ޢަރަފާތެވެ."
އަދިވެސް މިނޫން އެތައް ޙަދީޘްތަކެއް އެދުވަހުގެ މާތްކަމާއި ބެހޭގޮތުން ވާރިދުވެފައިވެއެވެ.

އެދުވަހާއި ބެހޭގޮތުން ވާރިދުވެފައިވާ ޢާންމު ކަންކަމުގެ ތެރޭގައި ދިހަ ދުވަހުގެ މާތްކަމާއި ބެހޭގޮތުންނާއި އަދި ޙުރުމަތްތެރިވެގެންވާ މައްސަރުތަކާއިބެހޭގޮތުން ވާރިދުވެފައިވާ އާޔަތްތަކާއި ޙަދީޘްތައް ހިމެނެއެވެ. ސަބަބަކީ އެދުވަހަކީ ދިހަ ދުވަހުގެ ތެރެއިން ހިމެނޭ ދުވަހެއްކަމުގައި ވާތީއެވެ. އަދި އެންމެ މަތިވެރި ހަތަރު މައްސަރުގައި އަންނަ ދުވަހެއްކަމުގައި ވާތީއެވެ. މިކަންކަން ޙައްޖުމަހުގެ މާތްކަމާއި ބެެހޭގޮތުން ލިޔެވިފައިވާ ލިޔުމުގައި އިސްވެހިނގައްޖެއެވެ.
وصلى الله وسلم على محمد وآله و صحبه أجمعين. آمين.
ލިޔެ ޖަމާކުރީ: 2 އޮކްޓޯބަރ 2014 ބުރާސްފަތި ދުވަސް.
8 ޛުލް ޙިއްޖާ 1435ހ.

މަރުޖިޢުތައް.
___________________
(1) رواه البخاري (45) بَاب زِيَادَةِ الْإِيمَانِ وَنُقْصَانِهِ، كتاب الإيمان.
(2) رواه مسلم (1162)، بَاب اسْتِحْبَابِ صِيَامِ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ وَصَوْمِ يَوْمِ عَرَفَةَ وَعَاشُورَاءَ وَالِاثْنَيْنِ وَالْخَمِيسِ. كتاب الصيام.
(3) رواه مسلم (1348) بَاب فِي فَضْلِ الْحَجِّ وَالْعُمْرَةِ وَيَوْمِ عَرَفَةَ، كتاب الحج.
(4) رواه الطبراني في المعجم الصغير (575) و الكبير، و صححه الألباني في صحيح الترغيب (1153) و أيضا رواه أحمد.
(5) سورة الفجر: 3.
(6) تفسير ابن كثير. في تفسير قوله تعالى (والشفع و الوتر).
(7) رواه الترمزي (3585) بَاب فِي دُعَاءِ يَوْمِ عَرَفَةَ، كتاب الدعوات. و حسنه الألباني.
(8) رواه النسائي (3016) باب فَرْضُ الْوُقُوفِ بِعَرَفَةَ، كتاب مناسك الحج، و غيره من أصحاب السنن و أحمد.

ނޯޓު: މިލިޔުން ލިޔުމުގެ ޢަޞްލަކަށް ބެލިފައިވަނީ (SAAID.NET ) ގައި ލިޔެވިފައިވާ (فضل يوم عرفة وحال السلف فيه) މި ލިޔުމެވެ.

xxx

Read more...

Friday, September 26, 2014

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން ލިބިގަންނާނީ ކާކު؟

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން ލިބިގަންނާނީ ކާކު؟
އަބޫ ޢަބްދުﷲ ޢަބްދުއްރަޙީމް ބިން ޢަބީ ޢަބްދުﷲ އަލްމަދަނީ

الحمد لله رب العالمين. الصلاة والسلام على نبينا محمد و آله و صحبه أجمعين. أما بعد.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
" أَفْضَلُ أَيَّامِ الدُّنْيَا أَيَّامُ الْعَشْرِ "
މާނައީ: ދުނިޔޭގެ ( ދުނިޔެ ދެކޭ) އެންމެ މަތިވެރި ދުވަސްތަކަކީ (ޛުލް ޙިއްޖާމަހުގެ) ދިހަ ދުވަހެވެ."
ރިވާކުރެއްވީ ބައްރާޒު 5993، އިމާމު އަލްޙައިޘަމީ އިސްނާދު ޙަސަންކަމަަށް ބަޔާންކުރައްވާފައިވެއެވެ، އަދި ޝެއިޚު އަލްބާނީ ޞައްޙަކުރައްވާފައިވެއެވެ.

މި ލިޔުމުގައި ހިމެނޭ ބައިތައް
ހ. ދުނިޔެ ދެކޭ އެންމެ މާތް ދުވަސްތައް ބައްދަލުކޮށްފިއެވެ.
ށ. ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން.
ނ. ފާހަގަކުރެވުނު ނައްޞުތަކުން ލިބޭ ފައިދާތައް.
ރ. އެދުވަސްތަކުގައި ކުރެވިދާނެ ޢަމަލުތައް.
ބ. ނިންމުން.

ދުނިޔެ ދެކޭ އެންމެ މާތް ދުވަސްތައް ބައްދަލުކޮށްފިއެވެ.

ދުނިޔޭގެ އެދުވަސްތަކެއްގެ މައްޗަށް އިރުއަރާ އެންމެ މާތް ދުވަސްތައް އަޅުގަނޑުމެންނާއި ބައްދަލުކޮށްފިއެވެ. އެއީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.. އެދުވަސްތަކުން އަޅުގަނޑުމެންނަށް ހެޔޮކަމެއް ލިބިގަނެވެން އޮތީ ކިހިނަކުންތޯ ބަލައި އެހެޔޮކަން ލިބިގަތުމަށް މަސައްކަތްކުރާ މީހުންގެ ތެރޭގައި ވޭތޯ ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ. އެހެނީ އަޅުގަނޑުމެންގެ ތެރެއިން ފެންނަ މަންޒަރަކީ މިމާތް ދިހަ ދުވަހަކީ ކުޅިވަރަށް ތައްޔާރުވާ ދުވަސްތަކެއްކަމުގައި ހަދާ މަންޒަރެވެ. އެހެނީ މަތީގައިވާ ޙަދީޘުން އެނގޭގޮތުގައި މިއީ އަހަރުތެރޭގައި އަންނަ އެންމެ މާތް ދިހަދުވަހެވެ . ރޯދަމަހުގެ ފަހު ދިހަ ދުވަހަށްވުރެވެސް މިދުވަސްތައް މާތްވެގެންވާ ކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.
ނަމަވެސް ހިތާމަޔާއެކުގައި އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަނީ މިމާތް ދުވަސްތަކުގެ ހުންނަން ޖެހޭނެ ގޮތަށްނޫންކަމާއި މެދުގައި އިޤުރާރުވާންޖެހެއެވެ. ހެޔޮކަމުގެ ބަދަލުގައި އަޅުގަނޑުމެންނަށް ކުރެވޭ ކަމަކީ ބޮޑުއީދަށް ލަނގިރި ޖަހަން ތައްޔާރުވުމާއި ސުޓޭޖުތައްޔާރު ކުރުމާއި ނަށާ މިޔުޒިކް ގުރޫޕުތައް ހޯދައި ހިރަފުސް އަރާފައިވާ ޙަރާމް މިޔުޒިކު ސާމާނުތަކުން ހިރަފުސް ފިލުވުމެވެ. ރޯދަމަސް ފަދައިންނެވެ. ޝައިތާނާ ދުނިޔެ މައްޗަށް އިރުއަރާ އެންމެ މާތް ދުވަސްތަކުން އަޅުގަނޑުމެން މަހުރޫމުކޮށްލަން ކުރަމުންދާ މަސައްކަތްކަތުގެ މަޅީގައި ޖެހޭ މީހުން ކަމުގައި އަޅުގަނޑުމެން ނުލައްވާށިއެވެ.

އަޅުގަނޑުމެން މިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހެޔޮރަޙުމަތަށް އަބަދާއި އަބަދު ބޭނުންވެފައެވެ. ވީމާ އެއިލާހު އަޅުގަނޑުމެންގެ މައްޗަށް ކަނޑައަޅުއްވާފައިވާ މާތްދުވަސްތަކުގެ މާތްކަމުން މާތްކަން ލިބިގަންނަ މީހުންގެ ތެރެއިން އަޅުގަނޑުމެން ވަމާތޯއެވެ.
ދުޢާއަކީ އަޅުގަނޑުމެން އެންމެނަށް މިކަމުގައި ސާބިތުކަން ދެއްވުމެވެ. والله الموفق.


ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން.

ހ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ.
وَالْفَجْرِ‌ ﴿١﴾ وَلَيَالٍ عَشْرٍ‌ ﴿٢﴾
މާނައިގެ ތަރުޖަމާޢީ: އަދި ފަޖުރުވަޤުތު ގަންދެއްވަމެވެ .1
އަދި ދިހަ ރޭ ގަންދެއްވަމެވެ. (2)
ތަފުސީރު އިބުނު ކަޘީރުގައި އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ބަޔާންކުރައްވައެވެ. ފަޖުރުގެ މުރާދަކީ ނަޙުރުގެ (އީދު) ދުވަސް ޚާއްޞަކޮށެވެ. އެއީ ޛުލްހިއްޖާމަހުގެ (ފުރަތަމަ) ދިހަ ދުވަސް ނިމޭ ދުވަހެވެ. އަދި އެއީ އެދުވަހުގެ އެވަޤުތުގައި ކުރެވޭ ނަމާދުކަމަށްވެސް އިކުރިމާ ރިވާކުރައްވާ ފަދައިން ބުނެވެއެވެ. އަދި ދިހަރޭގެ މުރާދަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވަނީ އެއީ ޛުލްހިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަސްކަމުގައެވެ.
ﷲ ސުބުހާނަހޫ ވަތަޢާލާ އެއެއްޗެއްގެ ގަންދެއްވައި ވަޙީކުރައްވާފައިއެވަނީ އެވަޤުތުތަކުގެ މާތްކަމުގެ ސަބަބުންނެވެ. މިކަން އެނގިގެންދަނީ ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަގެ ތިރީގައިވާ ނޫނުގައިވާ އަންނަނިވި ހަދީޘްބަސްފުޅުންނެވެ.

ށ. ﷲ ސުބުހާނަހޫ ވަތަޢާލާ ޙައްޖުސޫރަތުގެ 28 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.
(وَيَذْكُرُ‌وا اسْمَ اللَّـهِ فِي أَيَّامٍ مَّعْلُومَاتٍ)
މާނައިގެ ތަރުޖަމާއީ: އަދި ކަނޑައެޅި ބަޔާންވެގެންވާ ދުވަސްތަކުގައި އެބައިމީހުން ﷲ އިސްމުފުޅުގެ މަތިން ހަނދުމަކުޅައުމަށްޓަކައެވެ.
މިއާޔަތުގެ ތަފުސީރުގައި އިބުނު އައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވަނީ އެދުވަސްތަކަކީ ތަކަކީ ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަދުވަހެވެ. (ބައްލަވާ ފަތުޙުލް ބާރީ ނ.ގައިވާ ޙަދީޘްގެ ޝަރަޙަ އަދި ތަފުސީރު އިބުނު ކަޘީރު. ވީމާ އަޅުގަނޑުމެން މިދުވަސްތަކުގައި ﷲ ސުބުހާނަހޫ ވަތަޢާލާ މަތިން ހަނދުމަކޮށް ޛިކުރުކޮށް ތަކުބީރު ތަޙުލީލު ކިޔާ އުޅެން ޖެހެއެވެ.

ށ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

عَنْ ابْنِ عَبَّاسٍ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، أَنَّهُ قَالَ : ” مَا الْعَمَلُ فِي أَيَّامٍ الْعَشْرِ أَفْضَلَ مِنْهَا فِي هَذِهِ ، قَالُوا : وَلَا الْجِهَادُ ، قَالَ : وَلَا الْجِهَادُ ، إِلَّا رَجُلٌ خَرَجَ يُخَاطِرُ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ بِشَيْءٍ “

ތަރުޖަމާޢީ: ދުވަސްތަކުގެ ތެރެއިން އެއްވެސް ދުވަހެއްގައި މި ދިހަ ދުވަހުގައި(ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަސް)ކުރެވޭ ޢަމަލުތަކަށްވުރެ މާތްވެގެންވާ ޢަމަލުތަކެއް ﷲ ޙަޟްރަތުގައި ނުވެއެވެ. ދެން ޞަހާބީ ބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ﷲގެ މަގުގައި ޖިޙާދުކުރުންވެސް ތޯއެވެ؟ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. : ( ޖިޙާދުކުރުންވެސް މެއެވެ. އެއީ އެމީހެއްގެ ނަފުސާއި މުދަލާއި އެކު ޖިޙާދަށް ނުކުމެ އޭގެން އެއްވެސް އެއްޗަކާއިގެން އެނބުރި ނައިމީހާ ފިޔަވައެވެ.

މިޙަދީޘްގެ ޝަރަހައިގައި ފަތުޚުލްބާރީގައި އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަހު އެހާ މަތިވެރިވުމުގެ ސަބަބެއް ފާޅުވަނީ އެމަހެއްގައި އެންމެ ބޮޑެތި އަޅުކަންތައްތައް ޖަމާވާ ދުވަސްތައްކަމުގައި ވާތީއެވެ. އެއީ ނަމާދާއި ރޯދައާއި ޞަދަޤާތްކުރުމާއި އަދި ޙައްޖެވެ.އެނޫން އެހެން ދުވަސްތަކެއްގައި މިއަޅުކަންތައް ޖަމާނުވެއެވެ".

އަދިވެސް ތަބަރާނީއާއި އަދި މުސްނަދު އިމާމު އަޙުމަދުގައި އައިސްފައިވާ ހަދީޘެއްގައިވެއެވެ.
عَنِ ابْنِ عُمَرَ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللَّهِ ، وَلَا أَحَبُّ إِلَيْهِ مِنَ الْعَمَلِ فِيهِنَّ ، مِنْ هَذِهِ الْأَيَّامِ الْعَشْرِ ، فَأَكْثِرُوا فِيهِنَّ مِنَ التَّهْلِيلِ وَالتَّكْبِيرِ وَالتَّحْمِيدِ ” . أخرجه احمد7/224 وصحّح إسناده أحمد شاكر .

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާކުރައްވައެވެ. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. އެދުވަސްތަކަކަށްވުރެ ﷲގެ ޙަޟްރަތުގައި މާތްވެގެންވާ އަދި އެދުވަސްތަކުގައި ކުރާ ޢަމަލުތަކަށްވުރެ އެއިލާހުގެ ޙަޟްރަތުގައި މާތްވެގެންވާ އެހެން ދުވަސްތަކެއް މި ދިހަ ދުވަހުގައި މެނުވީ ނުވެއެވެ. ފަހެ އެދުވަސްތަކުގައި ތިޔަބައިމީހުން ތަހުލީލާ(لا إله إلا الله )ތަކުބީރާ އަދި ތަޙްމީދު(ޙަމްދުކުރުން) ގިނަކުރާށެވެ.

މަތީގައި ބަޔާންކުރެވުނު ނައްޞުތަކުން ލިބޭ ފައިދާތައް

ހ. ﷲގެ ހަޟްރަތުގައި އެންމެ މާތް ދުވަސްތަކަކީ ޛުލްހިއްޖާމަހުގެ ފުރަތަމަ ދިހަދުވަސްކަމާއި އަދި ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ މިދުވަސްތަކުގައި ކުރާ ހެޔޮކަންތައްތައްކަން
ށ. ޖާނާއި މާލައިގެން ނުކުމެ އެއިން އެއްވެސް އެއްޗަކާއި އެނބުރި ނާންނަ މުޖާޙިދުގެ ޢަމަލު ފިޔަވައި، މިދުވަސްތަކުގައި ކުރާ ހެޔޮޢަމަލުތައް އެންމެ މާތް ޢަމަލުކަމަށްވާ ޖިޙާދުކުރުމަށް ވުރެވެސް މޮޅު އިތުރުވެގެންވާކަން.

ނ.ޖިޙާދު ކުރުމުގެ މާތްކަން.

ރ. އަދި ތަހުލީލާ ތަކުބީރު ކިޔުމާއި އަދި ﷲއަށް ހަމްދުކުރުން ގިނަކުރުން. ފަހެ މިހުރިހާ ކަމަކީ ﷲގެ މަތިން ހަނދުމަކުރުމުގެ ތެރޭން ހިމެނޭ ކަންކަމެވެ.

އެދުވަސްތަކުގައި ކުރެވިދާނެ ޢަމަލުތައް

ހ. އަރަފާތް ދުވަހުގެ ރޯދަ ހިފުން
ފަހެ ޢަރަފާތް ދުވަހަކީ ޙައްޖުވެރިން ޢަރަފާތުގައި ތިބޭ ދުވަހެވެ. އެއީ ޛުލްހިއްޖާ މަހުގެ 9 ވަނަ ދުވަހެވެ. މިދުވަހު ޙައްޖު ނުކުރާ މީސްތަކުންނަށް ރޯދަ ހިފުން ސުންނަތްވެގެންވެއެވެ. އަދި ހައްޖުކުރާ މީސްތަކުންނަށް ރޯދަހިފުމެއް ނުވެއެވެ. އަދި މިދުވަހުގެ ރޯދައާއި ބެހޭ ގޮތުން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވެއެވެ. :” صيام يوم عرفه أحتسب على الله أنه يكفر السنة التي قبله والسنة التي بعده ” [رواه مسلم ]
ތަރުޖަމާޢީ: ޢަރަފާތް ދުވަހުގެ ރޯދައަކީ އަންނަން އޮތް އަހަރާއި އަދި އޭގެ ކުރިން އޮތް އަހަރުގެ ފާފަ ފުއްސަވާނެ ރޯދައެއްކަމަށް ﷲއަށް ތިމަންކަލޭގެފާނު އުއްމީދުކުރައްވަމެވެ”
އަދި އެހެން ޙަދީޘްފޮތްތަކުގައި ސީދާ ކުރީއަހަރާއި ފާއިތުވީ އަހަރުގެ ފާފަ ފުއްސަވާނެ ރޯދައެއްކަމަށް އައިސްފައިވެއެވެ.
އަންނަނިވި ޢިބާރާތްތަކުން ތަކުބީރު ކިޔިދާނެއެވެ.
ހ. اللّهُ أَكْبَرُ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ كَبِيرَا.
ށ. اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لا إله إلا الله ، وَاللّهُ أَكْبَرُ ، واللّهُ أَكْبَرُ ،وَلِلّهِ الْحَمْدُ
ނ.اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لاَ إِلَهَ إِلاَّ اللّه ،وَاللّهُ أَكْبَرُ ،اللّهُ أَكْبَرُ ، وَلِلّهِ الْحَمْدُ
ނ. ރޯދަހިފައި ޤުރުއާން ކިޔެވުން
މިދުވަސްތަކުގައި ރޯދަހިފައި ޤުރުއާން ކިޔެވުން އިތުރުކޮށް ސަދަޤާތްދީ އުޅުން ގިނަކުރުން
قال صلى الله عليه وسلم : ” ما من عبد يصوم يوماً في سبيل الله إلا باعد الله بذلك اليوم عن وجهه النار سبعين خريفاً ” [ متفق عليه ]
މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނަިއގައިވެއެވެ.
ފަހެ ﷲއަށްޓަކައި ރޯދައެއް ހިފައިފި އަޅަކަށް އޭނާގެ މޫނު އެދުވަހެއްގައި ހަތްދިހަ ހާސް އަހަރުގެ ރާސްތާއަށް ނަރަކައިން ދުރުކުރައްވާނެއެވެ.
އަދި އެހެންހަދީޘެއްގައި އައިސްފައިވަނީ ޤިޔާމަތްދުވަހުން އެހެން އެއްވެސް ހިޔަލެއްނުވާ ދުވަހު ހިޔާދެއްވޭ މީހުންގެ ތެރޭގައި އެއްއަތުންދޭ ސަދަޤާތް އަނެއްއަތަށް ނޭންގި ކުރާ މީހާ ހިމެނެއެވެ. ވީމާ ޞަދަޤާތްދިނުމަކީވެސް ނުހަނު ހެޔޮވެގެންވާ ކަމެކެވެ.
ރ. ސުންނަތް ނަމާދުތައް ގިނަކުރުން
މިދުވަސްތަކުގައި ފަރުޟު ނަމާދުގެ އިތުރުން ސުންނަތް ނަމާދު ވީހާވެސް ގިނައިން ކޮށް ރޭގަނޑުވެސް ދަމުނަމާދު ވީވަރަކުން ކުރެވޭތޯ ބެލުން .
ފަހެސުންނަތް ކަންގަދަވެގެންވާ ރަވާތިބު ނަމާދުތަކާއި ބެހޭގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
ރެޔަކާއި ދުވާލު ބާރަ ރަކުޢަތް ( ސުންނަތްކަން ގަދަވެގެންވާ) ކޮށްފިމީހާގެ މައްޗަށް އެއަމަލުގެ ސަބަބުން އޭނާއަށް ސުވަރުގޭގައި ގެޔެއް ބިނާކޮށްދެވޭނެއެވެ.

ބ. އަދި ވީވަރަކުން އެންމެހާ ހެޔޮ ޢަމަލުތަކުގެ މަތީގައި ފައިތިލަ ސާބިތުކުރެވޭތޯ ބެލުން.
އެއީ އެންމެ ކުޑަމިނުން މަޤުމަތިން އެއްޗެއް އެއްފަރާތްކޮށްލުމާއި އަދި މިސްކިތުން ނެރޭ ކުޑަކުނިކޮޅެއްނަމަވެސް މެއެވެ.

ރ. އުޟްޙިޔާ ކަތިލުން
އެއީ ޢީދު ދުވަހު ގެރި ބަކަރި ޖަމަލު މިފަދަ ޤުރުބާނެއް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުރުމެވެ.
އަދި ޢީދު ދުވަހާއި އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ރޯދަ ހިފުމަކީ ޙަރާމްވެގެންވާ ކަމެކެވެ.
ނިންމުން
ވީމާ ދުޢާއަކީ އަޅުގަނޑުމެން އެންމެނަށް މި ހެޔޮ ޢަމަލުތައް ކުރުމުގެ ތަޢުފީޤު ދެއްވައި މިމަތިވެރި ދުވަސްތަކުގެ ހެޔޮކަމުން ހެޔޮކަން ލިބިގަންނަ މީހުންކަމުގައި ލެއްވުމެވެ. އަދި ﷲ ޙަރާމްކުރެއްވި މިޔުޒިކުފަދަ ފާޙިޝްކަންކަމުން ސަލާމަތްކުރައްވައި ﷲގެ އަދުއްވުން އެކުވެރިން ކަމުގައި ނުނަގާ ބަޔެއްކަމުގައި ލެއްވުމެވެ. އަދި އެބައިމީހުންނަށް ތާއީދުކުރާ މީހުންކަމުގައިވެސް ނުލެއްވުމެވެ. އަދި ޙައްޖަށް ގޮސްފައި ތިބި ހުރިހާ މުސްލިމުންގެ ފާފަ ފުއްސަވައި އެބައިމީހުންނަށް މަބުރޫރު ހައްޖެއް ދެއްވުމެވެ. އަދި އިސްލާމްދީނަށްޓަކައި ޖިޙާދުކުރަމުންދާ މުސްލިމުންނަށް ނަޞްރުދެއްވައި ކާފަރުން ބަލިކުރައްވައި ނިކަމެތިކުރެވުމުންދާ މުސްލިމުންނަށް ނަޞްރުދެއްވައި މުސްލިމުން ބާރުވެރިކުރެއްވުމެވެ.
آمين
و الله أعلم، وسلام على المرسلين.


ނޯޓު: ފަހެ މިއަހަރު ޙައްޖު މަސް ފެށުނީ 25 ސެޕްޓެމްބަރު 2014 ވާ ބުރާސްފަތި ދުވަހުއެވެ. އަދި ޢަރަފާތްދުވަސްވަނީ 3 އޮކްޓޯބަރުވާ ހުކުރުދުވަހުއެވެ. އެހެންކަމުން އެންމެ ޛުލް ޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަސް މިދިމާވަނީ 25 ސެޕްޓެމްބަރުން ފެށިގެން 4 އޮކްޓޯބަރަށެވެ. އެޔަށްފަހު އަންނަ އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީވެސް ނުހަނު މާތްވެގެންވާ ދުވަސްތަކެކެވެ.

މަޞްދަރުތައް.
1. ތަފްސީރު އިބުނި ކަޘީރު.
2. ފަތުޙުލް ބާރީ.
އަދިވެސް އެނޫން އެކި އެކި މަޞްދަރުތައް.


Read more...

Saturday, June 28, 2014

ރަމަޟާން މަހަށް މަރުޙަބާ.

ރަމަޟާން މަހަށް މަރުޙަބާ.
ابو عبد الله عبد الرحيم المدنى

الحمد لله رب العالمين و الصلاة و السلام على أشرف الأنبياء و المرسلين. أما بعد.
ރަމަޟާން މަހަކީ އެމަހެއްގައި ރޯދަހިފުން ފަރުޟުކުރައްވައި އެމަހެއްގައި ޤުރުއާން ބާވާލައްވައި އެމަހެއްގައި އެއްހާސް ރޭގެ ދަރުމައާއި ޘަވާބު ހިމެނިގެންވާ މަތިވެރިވެގެންވާ ލައިލަތުލް ޤަދުރި ވިލޭރޭ ވާ މައްސަރެވެ. އެމަހަކީ މުސްލިމުންނަށް އަންނަ ރަޙުމަތުގެ މައްސަރެކެވެ. ތަޤުވާވެ މައްސަރެކެވެ. އެމަހުގެ ހެޔޮކަމުން މަޙުރޫމު ވެއްޖެ މީހާ ބޮޑުވެގެންވާ ނަސީބަކުން މަޙުރޫމުވެއްޖެއެވެ. ފަހެ އެމަހުގެ ހެޔޮނަސީބު ލިބިގެންފިމީހަކަށް ލިބުނު ބޮޑު ހެޔޮ ނަޞީބެއްގެ ބޮޑުކަމާއެވެ. އޭ އަޚާއެވެ. ރަމަޟާން މަހަށް މަރުޙަބާއެވެ.

އެމަހަކީ އެމަހެއްގައި އިސްލާމްދީނުގެ މަތިވެރި ދިދަ އުފުލާލި މަތިވެރި މައްސަރެވެ. އެމަހުގައި މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމްދީނަށް ނުހަނު ގިނަ ނަޞްރުތައް ހޯއްދެވިއެވެ. އެގޮތުން ބަދުރު ހަނގުރާމައިގައި މުސްލިމުންގެ މަދު ޞަޙާބީ ބޭކަލުން ކޮޅަކާއި އެކު ގޮސް މުޝްރިކުންގެ ބޮޑު ލަޝްކަރެއް ބަލިކުރެއްވެވިއެވެ. އަދި މައްކާފަތަޙަކުރެއްވެވީވެސް މިމަތިވެރިވެގެންވާ ބަރަކާތްތެރި މައްސަރުގައެވެ.
ވީމާ މިމަހުގެ މަތިވެރިކަން ހޯދުމަށް ގަދައަޅައި މަސައްކަތްކުރައްވަން ކަމަރު ބަންނަވާށެވެ. މިރަމަޟާން މަހުގެ ފުލައިޓަށް ތިބޭފުޅާ އަރާވަޑައިގަންނަވަން ވާނީ ދަތުރު ރަނގަޅަސް ތައްޔާރުކުރައްވައިގެންނެވެ. ދަތުރުގެ މިޞްރާބު ހުންނަންވާނީ ﷲގެ ރަޙުމަތާއި އަދި ފާފަފުއްސެވުން ލިބިގަތުމަށެވެ. އަދި ދަތުރުމަތީގައި އެންމެހާ ފާފަތަކާއި ބޭކާރުކަންކަމުން ދުރުވެ ހެޔޮޢަމަލުތައް ގިނަކުރައްވަން ވާނެއެވެ. މި ދަތުރުގެ ކެޕްޓަނެއްކަމުގައި ޤުރުއާން ހައްދަވާށެވެ. އަދި ދަތުރުކުރައްވާއިރު ބަންނަވާ ކަމަރަކީ ތަޤުވާކަމުގައި ހައްދަވާށެވެ. އޭރުން އިންޝާﷲ ރަމަޟާންމަހުގެ ފައިދާ ލިބުންވާނީ ދުރެއްގައެއްނޫނެވެ.
ދުޢާއަކީ އަޅުގަނޑާއި ތިއެންމެހާ ބޭފުޅުންނަކީ ރަމަޟާންމަހުގެފައިދާ ލިބިގަންނަ ބައެއްކަމުގައި ލެއްވުމެވެ. އަދި މިމަހުގެ މަތިވެރިކަމާއި ހެޔޮކަން ލިބިގަންނަ މިމައްސަރު އިހުޔާކުރާ ބައެއްކަމުގައި ލެއްވުމެވެ.
اللَّهمَّ أعِنِّي على ذِكرِك وشُكرِك وحُسنِ عبادتِك
وصلى الله وسلم على محمد و آله وصحبه أجمعين.

Read more...

Monday, November 11, 2013

ޢާޝޫރާ ދުވަހުގައި (މުޙައްރަމު 10) ރޯދަހިފުމުގެ މަތިވެރިކަން

ޢާޝޫރާ ދުވަހުގައި (މުޙައްރަމު 10) ރޯދަހިފުމުގެ މަތިވެރިކަން
أبو عبد الله عبد الرحيم المدني

ފުރަތަމައާޝޫރާ ދުވަހުގެ ރޯދައަކީ ކޮބާ؟
އާޝޫރާ ދުވަހަކީ މުޙައްރަމު މަހުގެ 10 ވަނަ ދުވަހެވެ. މިދުވަހު ރޯދަހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އެހެނީ މިދުވަހަކީ ފިރުޢައުނާއި އޭނާގެ ލަޝްކަރުގެ ކިބައިން މޫސާ ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ސަލާމަތްކުރެއްވިދުވަހެވެ.ޢަބްދުﷲ ބުން ޢައްބާސް ރަޟިޔަﷲ އަންހު ރިވާކުރައްވާފައިވެއެވެ.
قدم النبي صلى الله عليه وسلم المدينة فوجد اليهود يصومون اليوم العاشر من شهر المحرم، فقال النبي صلى الله عليه وسلم: “أنا أحق بموسى منكم”، فصامه وأمر بصيامه.
” ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގަތުމުން ޔަހޫދީން ޢާޝޫރާ ދުވަހު ރޯދާ ހިފާތަން ފެނިވަޑައިގަތެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ” މިއީ ކޮންކަމެއް ހެއްޔެވެ؟” ދެން އެބައިމީހުން ބުންޏެވެ. ” މިއީ މާތްވެގެންވާ ދުވަހެކެވެ. އެހެނީ މޫސާގެފާނާއި ބަނީ އިސްރާއީލުގެ ބާގައިގެ މީހުން އެބައިމީހުންގެ ދުސްމަނުންގެ ކިބައިން ސަލާމަތްވީ ދުވަހަކީ މިއީއެވެ. އެހެންކަމުން ތިމަންމެން ރޯދަހިފަނީއެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. ” މޫސާގެފާނުގެ މައްޗަށް ތިޔަބައިމީހުންނަށްވުރެ ތިމަންކަލޭގެފާނު މާ ޙައްޤުކަން ބޮޑުވެގެންވެއެވެ.” އަދި އެކަލޭގެފާނު އެދުވަހު ރޯދަ ހިއްޕަވައި އެދުވަހު ރޯދަ ހިފުމަށް އަމުރުކުރެއްވިއެވެ.

އަދިވެސް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.އިބުނު އައްބާސް ރަޟިޔަﷲ އަންހު ބަޔާންކުރެއްވިއެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަހިފާށެވެ. އަދި ޔަހޫދީންނާއި ޚިލާފުވާށެވެ. ތިޔަބައިމީހުން ރޯދަހިފާއިރު ކުރިން އެއްދުވަހާ އެކު ނުވަތަ ފަހަތުން އެއްދުވަހާއެކު ރޯދަ ހިފާހުށިކަމެވެ” އެބަހީ ނުވަޔަކާއި ދިހަވަނަ ދުވަހު ރޯދަ ހިފުން ނުވަތަ 10ވަނަ ދުވަހާއި އަދި 11 ވަނަ ދުވަހު ރޯދަ ހިފުމެވެ.
އަދިވެސް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވެއެވެ. “لئن بقيت إلى قابل لأصومَنَّ التاسع”.
މާނައީ: މިއަންނައަހަރު ތިމަންކަލޭގެފާނާއި އެދުވަސް ބައްދަލުވެއްޖެނަމަ ނުވަވަނަ ދުވަހާއި އެއްކޮށް ރޯދަހިފާހުށީމެވެ.”
އަދިވެސް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ” ރޯދަ މަހުގެ ރޯދައަށްފަހު އެންމެ މަތިވެރިވެގެންވާ ރޯދައަކީ މާތްﷲ ގެ މައްސަރުކަމަށްވާ މުޙައްރަމު މަހު ހިފާ ރޯދައެވެ” ( މުސްލިމް)މިދުވަހުގެ ރޯދަ ހިފުން އެންމެ އައުލާކަން ބޮޑުވެގެންވަނީ 9ވަނަ ދުވަހާއި އަދި 10 ވަނަ ދުވަސް އެއްކޮށް ހިފުމެވެ. ނުވަތަ 10ވަނަ ދުވަހާއި 11ވަނަ ދުވަސް އެއްކޮށް ހިފުމެވެ. އެއީ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ފަދައިން ޔަހޫދީންނާއި ޚިލާފުވުމަށްޓަކައެވެ. ” ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަހިފާށެވެ. އަދި ޔަހޫދީންނާއި ޚިލާފުވާށެވެ. ތިޔަބައިމީހުން ރޯދަހިފާއިރު ކުރިން އެއްދުވަހާ އެކު ނުވަތަ ފަހަތުން އެއްދުވަހާއެކު ރޯދަ ހިފާހުށިކަމެވެ”
މީގެ އިތުރުން އިބުނުލް ޤައްޔިމު ރަޙިމަހުﷲ ޛާދުލް މަޢާދުގައި ލިޔުއްވާފައިވެއެވެ. ޢާޝޫރާ ދުވަހުގެ ރޯދަހިފުންވަނީ ހަތަރުގޮތަކަށެވެ.
1. ދިހަވަނަ ދުވަހު އެކަނި ރޯދަހިފުން
2. ނުވަތަ 9 ވަނަ ދުވަހާއި އެކު ރޯދަހިފުން
3. ނުވަތަ އެގާރަ ވަނަ ދުވަހާއި އެކު ރޯދަހިފުން
4. ތިންދުވަހު ރޯދަހިފުން.. އެބަހީ: 9ވަނަ ދުވަހާއި ދިހަވަނަ ދުވަހާއި 11ވަނަ ދުވަހު އެއްކޮށް ރޯދަހިފުން.

އެންމެފައިދާބޮޑީ ތިންދުވަހު ރޯދަހިފުމެވެ. އެއީ މިމާތް މައްސަރުގައި ތިންދުވަހުގެ ރޯދަހިފުން ހާޞިލުވާތީއެވެ. ޝެއިޚުގެ ބަސްކޮޅު ނިމުނީ.. ރަޙިމަހުﷲ

Read more...

Friday, October 11, 2013

ދުނިޔޭގެ މައްޗަށް އިރުއަރާ އެންމެ ހެޔޮދުވަސްތަކުގެ މާތްކަން ލިބިގަންނާނީ ކާކު؟

ދުނިޔޭގެ މައްޗަށް އިރުއަރާ އެންމެ ހެޔޮދުވަސްތަކުގެ މާތްކަން ލިބިގަތުން
أبو عبد الله عبدالرحيم المدني

الحمد لله، الصلاة و السلام على نبينا محمد و آله و صحبه
މުޤައްދިމާ.
ދުނިޔޭގެ އެދުވަސްތަކެއްގެ މައްޗަށް އިރުއަރާ އެންމެ މާތް ދުވަސްތައް އަޅުގަނޑުމެންނާއި މިއަދު ބައްދަލުކޮށްފިއެވެ. އެއީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.. އެދުވަސްތަކުން އަޅުގަނޑުމެންނަށް ހެޔޮކަމެއް ލިބިގަނެވެން އޮތީ ކިހިނަކުންތޯ ބަލައި އެހެޔޮކަން ލިބިގަތުމަށް މަސައްކަތްކުރާ މީހުންގެ ތެރޭގައި ވޭތޯ ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ. އެހެނީ އަޅުގަނޑުމެންގެ ތެރެއިން ފެންނަ މަންޒަރަކީ މިމާތް ދިހަ ދުވަހަކީ ކުޅިވަރަށް ތައްޔާރުވާ ދުވަސްތަކެއްކަމުގައި ހަދާފައެވެ. އެހެނީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މިއީ އަހަރުތެރޭގައި އަންނަ އެންމެ މާތް ދިހަދުވަހެވެ. ރޯދަމަހުގެ ފަހު ދިހަ ދުވަހަށްވުރެވެސް މިދުވަސްތައް މާތްވެގެންވާ ކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.

ނަމަވެސް ހިތާމަޔާއެކުގައި އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަނީ މިމާތް ދުވަސްތަކުގެ ހުންނަން ޖެހޭނެ ގޮތަށްނޫންކަމާއި މެދުގައި އިޤުރާރުވާންޖެހެއެވެ. ހެޔޮކަމުގެ ބަދަލުގައި އަޅުގަނޑުމެންނަށް ކުރެވޭ ކަމަކީ ބޮޑުއީދަށް ލަނގިރި ޖަހަން ތައްޔާރުވުމާއި ސުޓޭޖުތައްޔާރު ކުރުމާއި ނަށާ މިޔުޒިކް ގުރޫޕުތައް ހޯދައި ހިރަފުސް އަރާފައިވާ މިޔުޒިކު ސާމާނުތަކުން ހިރަފުސް ފިލުވުމެވެ. ރޯދަމަސް ފަދައިން ޝައިތާނާ ދުނިޔެ މައްޗަށް އިރުއަރާ އެންމެ މާތް ދުވަސްތަކުން އަޅުގަނޑުމެން މަހުރޫމުކޮށްލަން ކުރަމުންދާ މަސައްކަތްކަތުގެ މަޅީގައި ޖެހޭ މީހުން ކަމުގައި އަޅުގަނޑުމެން ނުލައްވާށިއެވެ.
އަޅުގަނޑުމެން މިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހެޔޮރަޙުމަތަށް އަބަދާއި އަބަދު ބޭނުންވެފައެވެ. ވީމާ އެއިލާހު އަޅުގަނޑުމެންގެ މައްޗަށް ކަނޑައަޅުއްވާފައިވާ މާތްދުވަސްތަކުގެ މާތްކަމުން މާތްކަން ލިބިގަންނަ މީހުންގެ ތެރެއިން އަޅުގަނޑުމެން ވަމާތޯއެވެ.
ދުޢާއަކީ އަޅުގަނޑުމެން އެންމެނަށް މިކަމުގައި ސާބިތުކަން ދެއްވުމެވެ. والله الموفق
ނޯޓު: ފަހެ މިއަހަރު ޙައްޖު މަސް ފެށުނީ 6 އޮކްޓޯބަރު 2013 ވަނަ ދުވަހުއެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން.
.
ހ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ.
وَالْفَجْرِ‌ ﴿١﴾ وَلَيَالٍ عَشْرٍ‌ ﴿٢﴾
މާނައިގެ ތަރުޖަމާޢީ: އަދި ފަޖުރުވަޤުތު ގަންދެއްވަމެވެ (1).
އަދި ދިހަ ރޭ ގަންދެއްވަމެވެ. (2)
ތަފުސީރު އިބުނު ކަޘީރުގައި އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ބަޔާންކުރައްވައެވެ. ފަޖުރުގެ މުރާދަކީ ނަޙުރުގެ (އީދު) ދުވަސް ޚާއްޞަކޮށެވެ. އެއީ ޛުލްހިއްޖާމަހުގެ( ފުރަތަމަ) ދިހަ ދުވަސް ނިމޭ ދުވަހެވެ. އަދި އެއީ އެދުވަހުގެ އެވަޤުތުގައި ކުރެވޭ ނަމާދުކަމަށްވެސް އިކުރިމާ ރިވާކުރައްވާ ފަދައިން ބުނެވެއެވެ. އަދިި ދިހަރޭގެ މުރާދަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވަނީ އެއީ ޛުލްހިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަސްކަމުގައެވެ.
ﷲ ސުބުހާނަހޫ ވަތަޢާލާ އެއެއްޗެއްގެ ގަންދެއްވައި ވަޙީކުރައްވާފައިއެވަނީ އެވަޤުތުތަކުގެ މާތްކަމުގެ ސަބަބުންނެވެ. މިކަން އެނގިގެންދަނީ ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަގެ ތިރީގައިވާ ނޫނުގައިވާ އަންނަނިވި ހަދީޘްބަސްފުޅުންނެވެ.
ށ. ﷲ ސުބުހާނަހޫ ވަތަޢާލާ ޙައްޖުސޫރަތުގެ 28 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.
وَيَذْكُرُ‌وا اسْمَ اللَّـهِ فِي أَيَّامٍ مَّعْلُومَاتٍ
މާނައިގެ ތަރުޖަމާއީ: އަދި ކަނޑައެޅި ބަޔާންވެގެންވާ ދުވަސްތަކުގައި އެބައިމީހުން ﷲ އިސްމުފުޅުގެ މަތިން ހަނދުމަކުޅައުމަށްޓަކައެވެ.
މިއާޔަތުގެ ތަފުސީރުގައި އިބުނު އައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވަނީ އެދުވަސްތަކަކީ ތަކަކީ ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަދުވަހެވެ. ބައްލަވާ ފަތުޙުލް ބާރީ ނ.ގައިވާ ޙަދީޘްގެ ޝަރަޙަ އަދި ތަފުސީރު އިބުނު ކަޘީރު. ވީމާ އަޅުގަނޑުމެން މިދުވަސްތަކުގައި ﷲ ސުބުހާނަހޫ ވަތަޢާލާ މަތިން ހަނދުމަކޮށް ޛިކުރުކޮށް ތަކުބީރު ތަޙުލީލު ކިޔާ އުޅެން ޖެހެއެވެ.
ށ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
عَنْ ابْنِ عَبَّاسٍ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، أَنَّهُ قَالَ : ” مَا الْعَمَلُ فِي أَيَّامٍ الْعَشْرِ أَفْضَلَ مِنْهَا فِي هَذِهِ ، قَالُوا : وَلَا الْجِهَادُ ، قَالَ : وَلَا الْجِهَادُ ، إِلَّا رَجُلٌ خَرَجَ يُخَاطِرُ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ بِشَيْءٍ “
ތަރުޖަމާޢީ: ދުވަސްތަކުގެ ތެރެއިން އެއްވެސް ދުވަހެއްގައި މި ދިހަ ދުވަހުގައި) ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަސް( ކުރެވޭ ޢަމަލުތަކަށްވުރެ މާތްވެގެންވާ ޢަމަލުތަކެއް ﷲ ޙަޟްރަތުގައި ނުވެއެވެ. ދެން ޞަހާބީ ބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ﷲގެ މަގުގައި ޖިޙާދުކުރުންވެސް ތޯއެވެ؟ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ) ޖިޙާދުކުރުންވެސް މެއެވެ. އެއީ އެމީހެއްގެ ނަފުސާއި މުދަލާއި އެކު ޖިޙާދަށް ނުކުމެ އޭގެން އެއްވެސް އެއްޗަކާއިގެން އެނބުރި ނައިމީހާ ފިޔަވައެވެ(
މިޙަދީޘްގެ ޝަރަހައިގައި ފަތުޚުލްބާރީގައި އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.” ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަހު އެހާ މަތިވެރިވުމުގެ ސަބަބެއް ފާޅުވަނީ އެމަހެއްގައި އެންމެ ބޮޑެތި އަޅުކަންތައްތައް ޖަމާވާ ދުވަސްތައްކަމުގައި ވާތީއެވެ. އެއީ ނަމާދާއި ރޯދައާއި ޞަދަޤާތްކުރުމާއި އަދި ޙައްޖެވެ. އެނޫން އެހެން ދުވަސްތަކެއްގައި މިއަޅުކަންތައް ޖަމާނުވެއެވެ”.
އަދިވެސް ތަބަރާނީއާއި އަދި މުސްނަދު އިމާމު އަޙުމަދުގައި އައިސްފައިވާ ހަދީޘެއްގައިވެއެވެ. .
عَنِ ابْنِ عُمَرَ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللَّهِ ، وَلَا أَحَبُّ إِلَيْهِ مِنَ الْعَمَلِ فِيهِنَّ ، مِنْ هَذِهِ الْأَيَّامِ الْعَشْرِ ، فَأَكْثِرُوا فِيهِنَّ مِنَ التَّهْلِيلِ وَالتَّكْبِيرِ وَالتَّحْمِيدِ ” . . أخرجه احمد 7/224 وصحّح إسناده أحمد شاكر .
ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާކުރައްވައެވެ
މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. އެދުވަސްތަކަކަށްވުރެ ﷲގެ ޙަޟްރަތުގައި މާތްވެގެންވާ އަދި އެދުވަސްތަކުގައި ކުރާ ޢަމަލުތަކަށްވުރެ އެއިލާހުގެ ޙަޟްރަތުގައި މާތްވެގެންވާ އެހެން ދުވަސްތަކެއް މި ދިހަ ދުވަހުގައި މެނުވީ ނުވެއެވެ. ފަހެ އެދުވަސްތަކުގައި ތިޔަބައިމީހުން ތަހުލީލާ)لا إله إلا الله ( ތަކުބީރާ އަދި ތަޙްމީދު) ޙަމްދުކުރުން( ގިނަކުރާށެވެ.
މިޙަދީޘްތަކުން ލިބޭ ފައިދާތައް
ހ. ﷲގެ ހަޟްރަތުގައި އެންމެ މާތް ދުވަސްތަކަކީ ޛުލްހިއްޖާމަހުގެ ފުރަތަމަ ދިހަދުވަސްކަމާއި އަދި ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ މިދުވަސްތަކުގައި ކުރާ ހެޔޮކަންތައްތައްކަން
ށ. މިދުވަސްތަކުގައި ކުރާ ހެޔޮޢަމަލުތައް އެންމެ މާތް އެއްކަންތައްކަމަށްވާ ޖިޙާދުކުރުމަށް ވުރެވެސް މޮޅު އިތުރުވެގެންވާކަން
ނ.ޖިޙާދު ކުރުމުގެ މާތްކަން.
ރ. އަދި ތަހުލީލާ ތަކުބީރު ކިޔުމާއި އަދި ﷲއަށް ހަމްދުކުރުން ގިނަކުރުން. ފަހެ މިހުރިހާ ކަމަކީ ﷲގެ މަތިން ހަނދުމަކުރުމުގެ ތެރޭން ހިމެނޭ ކަންކަމެވެ.
އެދުވަސްތަކުގައި ކުރެވިދާނެ ޢަމަލުތައް
ހ. އަރަފާތް ދުވަހުގެ ރޯދަ ހިފުން
ފަހެ ޢަރަފާތް ދުވަހަކީ ޙައްޖުވެރިން ޢަރަފާތުގައި ތިބޭ ދުވަހެވެ. އެއީ ޛުލްހިއްޖާ މަހުގެ 9 ވަނަ ދުވަހެވެ. މިދުވަހު ޙައްޖު ނުކުރާ މީސްތަކުންނަށް ރޯދަ ހިިފުން ސުންނަތްވެގެންވެއެވެ. އަދި ހައްޖުކުރާ މީސްތަކުންނަށް ރޯދަހިފުމެއް ނުވެއެވެ. އަދި މިދުވަހުގެ ރޯދައާއި ބެހޭ ގޮތުން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވެއެވެ. :” صيام يوم عرفه أحتسب على الله أنه يكفر السنة التي قبله والسنة التي بعده ” رواه مسلم
ތަރުޖަމާޢީ: ޢަރަފާތް ދުވަހުގެ ރޯދައަކީ އަންނަން އޮތް އަހަރާއި އަދި އޭގެ ކުރިން އޮތް އަހަރުގެ ފާފަ ފުއްސަވާނެ ރޯދައެއްކަމަށް ﷲއަށް ތިމަންކަލޭގެފާނު އުއްމީދުކުރައްވަމެވެ”
އަދި އެހެން ޙަދީޘްފޮތްތަކުގައި ސީދާ ކުރީއަހަރާއި ފާއިތުވީ އަހަރުގެ ފާފަ ފުއްސަވާނެ ރޯދައެއްކަމަށް އައިސްފައިވެއެވެ.
މިއަހަރު (2013ގައި) ޢަރަފާތް ދުވަސް ދިމާވަނީ މިލާދީގޮތުން 14 އޮކްޓޯބަރު ވާ ހޯމަ ދުވަހާއެވެ.
ށ. ތަހުލީލާ ތަކުބީރާއި ތަހްމީދުން ﷲ މަތިން ޛިކުރު ކުރުން
އަންނަނިވި ޢިބާރާތްތަކުން ތަކުބީރު ކިޔިދާނެއެވެ.
ހ. اللّهُ أَكْبَرُ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ كَبِيرَا.
ށ. اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لا إله إلا الله ، وَاللّهُ أَكْبَرُ ، واللّهُ أَكْبَرُ ،وَلِلّهِ الْحَمْدُ
ނ.اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لاَ إِلَهَ إِلاَّ اللّه ،وَاللّهُ أَكْبَرُ ،اللّهُ أَكْبَرُ ، وَلِلّهِ الْحَمْدُ
ނ. ރޯދަހިފައި ޤުރުއާން ކިޔެވުން
މިދުވަސްތަކުގައި ރޯދަހިފައި ޤުރުއާން ކިޔެވުން އިތުރުކޮށް ސަދަޤާތްދީ އުޅުން ގިނަކުރުން
قال صلى الله عليه وسلم : ” ما من عبد يصوم يوماً في سبيل الله إلا باعد الله بذلك اليوم عن وجهه النار سبعين خريفاً ” [ متفق عليه ]
މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނަިއގައިވެއެވެ.
ފަހެ ﷲއަށްޓަކައި ރޯދައެއް ހިފައިފި އަޅަކަށް އޭނާގެ މޫނު އެދުވަހެއްގައި ހަތްދިހަ ހާސް އަހަރުގެ ރާސްތާއަށް ނަރަކައިން ދުރުކުރައްވާނެއެވެ.
އަދި އެހެންހަދީޘެއްގައި އައިސްފައިވަނީ ޤިޔާމަތްދުވަހުން އެހެން އެއްވެސް ހިޔަލެއްނުވާ ދުވަހު ހިޔާދެއްވޭ މީހުންގެ ތެރޭގައި އެއްއަތުންދޭ ސަދަޤާތް އަނެއްއަތަށް ނޭންގި ކުރާ މީހާ ހިމެނެއެވެ. ވީމާ ޞަދަޤާތްދިނުމަކީވެސް ނުހަނު ހެޔޮވެގެންވާ ކަމެކެވެ.
ރ. ސުންނަތް ނަމާދުތައް ގިނަކުރުން
މިދުވަސްތަކުގައި ފަރުޟު ނަމާދުގެ އިތުރުން ސުންނަތް ނަމާދު ވީހާވެސް ގިނައިން ކޮށް ރޭގަނޑުވެސް ދަމުނަމާދު ވީވަރަކުން ކުރެވޭތޯ ބެލުން .
ފަހެސުންނަތް ކަންގަދަވެގެންވާ ރަވާތިބު ނަމާދުތަކާއި ބެހޭގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
ރެޔަކާއި ދުވާލު ބާރަ ރަކުޢަތް )ސުންނަތްކަން ގަދަވެގެންވާ (ކޮށްފިމީހާގެ މައްޗަށް އެއަމަލުގެ ސަބަބުން އޭނާއަށް ސުވަރުގޭގައި ގެޔެއް ބިނާކޮށްދެވޭނެއެވެ.
ބ. އަދި ވީވަރަކުން އެންމެހާ ހެޔޮ ޢަމަލުތަކުގެ މަތީގައި ފައިތިލަ ސާބިތުކުރެވޭތޯ ބެލުން.
އެއީ އެންމެ ކުޑަމިނުން މަޤުމަތިން އެއްޗެއް އެއްފަރާތްކޮށްލުމާއި އަދި މިސްކިތުން ނެރޭ ކުޑަކުނިކޮޅެއްނަމަވެސް މެއެވެ.
ރ. އުޟްޙިޔާ ކަތިލުން
އެއީ ޢީދު ދުވަހު ގެރި ބަކަރި ޖަމަލު މިފަދަ ޤުރުުބާނެއް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުރުމެވެ.
އަދި ޢީދު ދުވަހު ރޯދަހިފުމަކީ ހަރާމްވެގެންވާ ކަމެކެވެ.
ނިންމުން
ވީމާ ދުޢާއަކީ އަޅުގަނޑުމެން އެންމެނަށް މި ހެޔޮ ޢަމަލުތައް ކުރުމުގެ ތަޢުފީޤު ދެއްވައި މިމަތިވެރި ދުވަސްތަކުގެ ހެޔޮކަމުން ހެޔޮކަން ލިބިގަންނަ މީހުންކަމުގައި ލެއްވުމެވެ. އަދި ﷲ ޙަރާމްކުރެއްވި މިޔުޒިކުފަދަ ފާޙިޝްކަންކަމުން ސަލާމަތްކުރައްވައި ﷲގެ އަދުއްވުން އެކުވެރިން ކަމުގައި ނުނަގާ ބަޔެއްކަމުގައި ލެއްވުމެވެ. އަދި އެބައިމީހުންނަށް ތާއީދުކުރާ މީހުންކަމުގައިވެސް ނުލެއްވުމެވެ. އަދި ޙައްޖަށް ގޮސްފައި ތިބި ހުރިހާ މުސްލިމުންގެ ފާފަ ފުއްސަވައި އެބައިމީހުންނަށް މަބުރޫރު ހައްޖެއް ދެއްވުމެވެ. އަދި އިސްލާމްދީނަށްޓަކައި ޖިޙާދުކުރަމުންދާ މުސްލިމުންނަށް ނަޞްރުދެއްވައި ކާފަރުން ބަލިކުރައްވައި ނިކަމެތިކުރެވުމުންދާ މުސްލިމުންނަށް ނަޞްރުދެއްވައި މުސްލިމުން ބާރުވެރިކުރެއްވުމެވެ.
آمين
و الله أعلم، وسلام على المرسلين.
مصادر
ا. تفسير ابن كثير رحمه الله
ب. فتح الباري بشرح صحيح البخاري


Read more...

Friday, September 27, 2013

ޙަދީޘްބަސްފުޅަކާއި އެކު: ވުޟޫމަތީގައި ނިދުން

ޙަދީޘްބަސްފުޅަކާއި އެކު: ވުޟޫމަތީގައި ނިދުން
އަބޫ ޢަބްދުﷲ ޢަބްދުއްރަޙީމް ބިން މުޙައްމަދު

ފެށުން.
الحمد لله رب العامين، الصلاة و السلام على نبينا محمد و آله و صحبه أجمعين. أما بعد.

ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
لَقَدْ كَانَ لَكُمْ فِي رَ‌سُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْ‌جُو اللَّـهَ وَالْيَوْمَ الْآخِرَ‌ وَذَكَرَ‌ اللَّـهَ كَثِيرً‌ا ﴿الأحزاب: ٢١﴾
މާނައިގެ ތަރުޖަމާއީ: “ހަމަކަށަވަރުން، اللَّه ގެ ރަސޫލާ(މުޙައްމަދު صلى الله عليه وسلم) ގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. އެއީ ﷲ އާއި (ބައްދަލުކުރުމަށާއި) އަދި އާޚިރަތް ދުވަހަށް އުއްމީދުކޮށް އަދި ގިނަގިނައިން ﷲ ގެމަތިން ހަނދުމަކުރާމީހާއަށެވެ.”

އަދިވެސް ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴿القلم: ٤﴾
މާނައިގެ ތަރުޖަމާއީ: ” އަދި ހަމަކަށަވަރުން ކަލޭގެފާނު (މުޙައްމަދު صلى الله عليه وسلم) ވާކަން ކަށަވަރީ މަތިވެރިވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ.”

ޙަދީޘް.
عَنْ الْبَرَاءِ بْنِ عَازِبٍ رضي الله عنه قَالَ: قَالَ النَّبِيّ صلى الله عليه وسلم.((إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلَاةِ، ثُمَّ اضْطَجِعْ عَلَى شِقِّكَ الْأَيْمَنِ..))

ޙަދީޘްގެ ތަރުޖަމާ.
ބަރާއު ބިން ޢާޒިބް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަސްފުޅު ޙަދީޘްކުރެއްވިއެވެ. “ތިބާ ތަންމައްޗަށް ދާކަމުގައިވާނަމަ، ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫކުރާ ހުށިކަމެވެ. އަދި ތިބާގެ ތަންމަތީގައި ކަނާތްފަޅިއަށްވާ ގޮތަށް އޮށޯންނަހުށިކަމެވެ.”

ޙަދީޘުން ލިބޭ ފައިދާ
1. ނިދުމުގެ ކުރިން ވުޟޫކުރުމަކީ ސުންނަތެއްކަން.
2. ނިދަން އޮށޯންނައިރު ކަނާތްފަޅިއަށް އަރިއަށް ވާގޮތަށް އޮތުމަކީ ސުންނަތެއްކަން. (އެބަހީ ކަނާތްފަޅި ދަށަށް ވާގޮތަށް އަރިއަށް އޮތުން)

.

ޙަދީޘްގެ މަސްދަރު:
ޞަޙީހް ބުޚާރީ: 6311 ވަނަ ޙަދީޘް، ޞަހީޙް މުސްލިމް: 6882 ވަނަ ޙަދީޘް.

ނިންމުން.
سُبْحَانَ رَ‌بِّكَ رَ‌بِّ الْعِزَّةِ عَمَّا يَصِفُونَ . وَسَلَامٌ عَلَى الْمُرْ‌سَلِينَ . وَالْحَمْدُ لِلَّـهِ رَ‌بِّ الْعَالَمِينَ .

Read more...

Wednesday, May 29, 2013

ތުނބުޅި ދިގު ކުރުމުގެ މާތްކަން.

ތުނބުޅި ދިގު ކުުރުމުގެ މާތްކަން.
أبو عبد الله عبد الرحيم المدني

إن الحمد لله نحمده و نستعينه و نستغفره . الصلاة و السلام على حبيبنا و قدوتنا و أسوتنا محمد و آله و صحبه أجمعين.
ﷲ ސުބުހާނަހޫ ވަތަޢާލާ ގެ ދީނަށް ލޯބިކުރާ އަދި ނަބިއްޔާ ގެންނެވި ނަމޫނާއަށް ލޯބިކުރާ ޒުވާނުންނަށް ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ މަގުގައި ފައިތިލި ސާބިތުކޮށްދެއްވުން އެދި ދުޢާކުރާ ހާލު މި ސިޓީއާއިގެން ފަށައިގަންނަމެވެ
السلام عليكم و رحمة الله وبركاته.
އެންމެހާ ލޮބުވެތި އަޚުންނޭވެ.
އެންމެ ފުރިހަމަ ނަމޫނާއަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމުގައި ބަޔާންކުރައްވަމުން ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވައެވެ.

لَقَدْ كَانَ لَكُمْ فِي رَ‌سُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْ‌جُو اللَّـهَ وَالْيَوْمَ الْآخِرَ‌ وَذَكَرَ‌ اللَّـهَ كَثِيرً‌ا ﴿الأحزاب: ٢١﴾
މާނައިގެ ތަރުޖަމާއީ: “ހަމަކަށަވަރުން، اللَّه ގެ ރަސޫލާ(މުޙައްމަދު صلى الله عليه وسلم) ގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. އެއީ ﷲ އާއި (ބައްދަލުކުރުމަށާއި) އަދި އާޚިރަތް ދުވަހަށް އުއްމީދުކޮށް އަދި ގިނަގިނައިން ﷲ ގެމަތިން ހަނދުމަކުރާމީހާއަށެވެ.”
އެކަލޭގެފާނުގެ މަތިވެރި އަޚުލާޤުފުޅު ބަޔާންކޮށްދެއްވަމުން އެކަލޭގެފާނުވަނީ މަތިވެރިވެގެންވާ އަޚުލާޤުފުޅެއްގެ މަތީގައި ކަން ބަޔާންކޮށްދެއްވަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴿القلم: ٤﴾
މާނައިގެ ތަރުޖަމާއީ: ” އަދި ހަމަކަށަވަރުން ކަލޭގެފާނު (މުޙައްމަދު صلى الله عليه وسلم) ވާކަން ކަށަވަރީ މަތިވެރިވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ.”

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ޥަސައްލަމަ ދެއްވި އެއްޗެއްގައި ހިފުމަށް އަމުރުކުރައްވައި އަދި މަނާކުރެއްވި ކަމެއް ކަންތައްތަކުން ބަރީޢަވުމަށް އަންގަވަމުން އެއިލާހު ބަޔާންކުރައްވަނީ މިފަދައިންނެވެ.
وَمَا آتَاكُمُ الرَّ‌سُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ﴿٧ الحشر﴾
މާނައިގެ ތަރުޖަމާއި: އަދި ރަސޫލާ (ﷲގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ޥަސައްލަމަ) ގެންނެވި އެއްޗެއްކަމުގައި ވާނަމަ އޭގައި ހިފާށެވެ. އަދި އެކަލޭގެފާނު މަނާކުރެއްވި ކަމެއްކަމުގައިވާނަމަ އެކަމުން ދުރުވެގަންނާށެވެ."

އަދި ނަބިއްޔާއަށް ކިޔަމަންވެއްޖެ މީހަކީ ﷲ އަށް ކިޔަމަންވެއްޖެ މީހާކަމުގައި ﷲ ސުބުހާނަހޫ ވަތަޢާލާ އަންގަވާފައިވެއެވެ.
(مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّـهَ ۖ وَمَن تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا) النساء 80 މާނައިގެ ތަރުޖަމާއީ: ” ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން الله އަށް ކިޔަމަންވެއްޖެއެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ. “
ވީމާ އަޅުގަނޑުމެންނަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަކަށް އަމުރުފުޅު ކުރައްވައިފިނަމަ ކުރުމަކީ ވާޖިބުވެގެންވާ ކަމެކެވެ.
އެކަލޭގެފާނުގެ މި ޙަދީޘްބަސްފުޅުތަކާ މެދު ވިސްނާލުން ކީއްތޯއެވެ؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ((عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ : قَالَ رَسُولُ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: أنْهِكُوا الشَّوَارِبَ وَأَعْفُوا اللِّحَى)) متفق عليه މާނައީ: “ތިޔަބައިމީހުން މަތިމަސް ކުރުކުރާށެވެ. އަދި ތުނބުޅިއަށް މާފު ކުރާށެވެ. (އެބަހީ: ދިގުކުރަން ދޫކޮށްލާށެވެ.)”
އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ.
((عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: جُزُّوا الشَّوَارِبَ وَأَرْخُوا اللِّحَى ، خَالِفُوا الْمَجُوسَ)) رَوَاهُ أَحْمَدُ وَمُسْلِمٌ މާނައީ: އަބޫ ހުރައިރާ ޜަޟިޔާﷲ ޢަންހުގެ އަރިހުން ރިވާވެގެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. ތިޔަބައިމީހުންގެ މަތިމަސްތައް ކުރުކުރާށެވެ. އަދި ތުނބުޅިތައް ދިގު ކުރާށެވެ. މަޖޫސީންނާއި (އަލިފާނަށް އަޅުކަންކުރާ މީހުން) ޚިލާފުވާށެވެ. “
އެންމެ ފުރިހަމަ ނަމޫނާ ވަނީ އެކަލޭގެފާނުގެ ކިބައިގައި ކަން ﷲ ގެ ބަސްފުޅުން އިސްވެ ހިނގައްޖެއެވެ.
ހުދު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމަލުފުޅުން އެކަލޭގެފާނު ތުނބުޅިފުޅު ދިގުކުރައްވައި މުޝްރިކުންނާއި ޚިލާފު ވެވަޑައިގަތެވެ.
((كَانَ رَسُولُ اللَّهِ كَثِيرَ شَعْرِ اللِّحْيَةِ)) رواه مسلم މާނައި: “ﷲ ތަޢާލާގެ ރަސޫލާގެ ތުނބުޅިފިޅުގެ އިސްތަށިތައް ގިނައެވެ.” ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ((كَانَ رَسُوْلُ اللهِ ضخمَ الهَامَةِ ، عَظِيْمَ اللِّحْيَةِ)) حسنه الألباني މާނައީ: “ރަސޫލުﷲ ޞައްލަﷲގެ އިސްތަށިފުޅު ބޮޑުކަމުގައި ވިއެވެ. އެކަލޭގެފާނުގެ ތުނބުޅިފުޅުވެސް ބޮޑެވެ.”
އަލްބަރާއު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ((كَانَ رَسُولُ الله رَجُلَا مرْبُوْعَا, عَرِيْضَ ما بَيْنَ المَنْكِبَيْنِ, كثَّ اللِّحْية )) صححه الألباني މާނައީ: އެކަލޭގެފާނަކީ އިސްކޮޅުގައި މެދުމިނުގެ ބޭކަލެކެވެ. އެކަލޭގޭފާނުގެ ބައިމަތިފުޅު ފުޅަލެވެ. އަދި ތުނބުޅިފުޅު އިސްތަށިން ބޯވެފައިވެއެވެ.”
ހަމައެހެންމެ، ތުނބުޅި ދިގުކުރުމަކީ އެކަލޭގެފާނުގެ ހިދާޔަތްވެސްމެވެ. އެކަލޭގެފާނުގެ ޚުތުބާފުޅުގައި ޙަދީޘް ކުރައްވާފައިވެއެވެ. ((وَ خَيْرَ الهَدْيِ هَدْيُ مُحَمَّدٍ –صلى الله عليه و سلم- )) رواه مسلم މާނައީ: “އަދި އެންމެ ހެޔޮވެގެންވާ ގޮތަކީ މުޙައްމަދު –صلى الله عليه و سلم- ގެ ގޮތެވެ.”

ﷲ ގެ މިއާޔަތް ނުދެކެމުތޯއެވެ؟
(لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ) التين 4 މާނައީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި ސޫރައިގައި އިންސާނާ ހެއްދެވީމެވެ. “
އެޔަށްފަހު ނިކަން ތިބާގެ މޫނުން އެއްޗެއް މަދު ކަމުގައި އިހުސާސް ނުކުރެވޭތޯއެވެ؟ އަންހެނުންނާއި ޚިލާފަށް އެލެއްވި ސިފަ ނައްތާލެވުނު ކަމުގައި އިހުސާސް ނުކުރެވޭތޯއެވެ. ޝެއިޚު ބިން ބާޒު ރަޙިމަހުﷲ ވިދާޅުވާގޮތުން ތުނބުޅި ބޭލުން އަންހެނުންނާއި ވައްތަރުވުމުގެ ތެރެއަށް ވަދެއެވެ.
((لَعَنَ رَسُوْلُ اللهِ المُتَشَبِّهِيْنَ مِنْ الرِّجَالِ بِالنِّسَاءِ وَ المُتَشَبِّهَاتِ مِنْ النِّسَاءِ بِالرِّجَالِ)) رواه البخاري މާނައީ: “ފިރިހެނުންގެ ތެރެއިން އަންހެނުންނާއި އެއްގޮތއްވާ މީހުންނަށާއި އަންހެނުންގެ ތެރެއިން ފިރިހެނުންނާއި އެއްގޮތަވާ މީހުންނަށް ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ލަޢްނަތްލެއްވިއެވެ.”
ނިންމުން.
އޭ އަޚާއެވެ. ﷲ ތިބާއަށް ރަޙުމަތް ލައްވައި އަޅުގަނޑަށާއި ތިބާއަށް ހިދާޔަތު ދައްކަވާށިއެވެ. ތިބާ މިކަމާއި މެދު ވިސްނާލައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަމޫނާ އަމަލީ ގޮތުން ދައްކަން ފަށަމާ ހިނގާށެވެ. އަންހެނުންނާއި ވައްތަރުވެ ގަންނަ މީހުން ކަމުގައި ނުވާށެވެ. ކާފަރުންހެން އޮފުކުރި ދަޅައަޅާ ދަތްދޮޅިއެއްގެ ބަދަލުގައި ﷲ ގެ ރުއްސެވުން ލިބެނިވި ތުނބުޅިން ޖަރީވެފައިވާ ދަތްދޮޅިއެއްގެ ވެރިއެއްކަމުގައިވާށިއެވެ. މުއުމިނުންގެ މައިކަނބަލުން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވާ ބަސްފުޅުގައިވެއެވެ. سبحان الذى زين الرجال باللحى. "ތުނބުޅިން ފިރިހެނާ ޒީނަތްތެރިކުރެއްވި ﷲ ގެ ހުސްތާހިރުވަންތަކަމާއެވެ"
سُبْحَانَ رَ‌بِّكَ رَ‌بِّ الْعِزَّةِ عَمَّا يَصِفُونَ . وَسَلَامٌ عَلَى الْمُرْ‌سَلِينَ . وَالْحَمْدُ لِلَّـهِ رَ‌بِّ الْعَالَمِينَ .

Read more...

Sunday, April 28, 2013

ޅޮހީގެ ފޮޅުވަތް: ރައީސްމީހާ އިސްލާމްދީނަށް ކުރާ ފުރައްސާރަތަކަށް އަހަރެމެން ހަމައިގައި ތިބެގެން ދޭ ޖަވާބު

ޅޮހީގެ ފޮޅުވަތް: ރައީސްމީހާ އިސްލާމްދީނަށް ކުރާ ފުރައްސާރަތަކަށް އަހަރެމެން ހަމައިގައި ތިބެގެން ދޭ ޖަވާބު
أبو عبد الله عبد الرحيم الضهي المدني

الحمد لله. الصلاة و السلام على من لا نبي بعده.
ރައީސް ނަޝީދު ދާދިފަހުން ޑެންމާކަށް ކުރި ދަތުރުގައި ކުރި ސުވާލާއި ޖަވާބު ސެޝަނެއްގެ ތެރެއިން ބޭރު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކީރިތި ޤުރުއާނާއި އަދި ޙަދީޘާއި މެދުގައި ވަނީ ސުވާލު އުފައްދާފައެވެ. އަދި އޮޅިގެން ނަމަވެސް ވަނީ އިސްލާމްދީނުގައި ކޮންމެ ކަމަކަށް ޖަވާބު ވާ ކަމަށާއި ނަމަވެސް އެމީހުންގެ ޑިމޮކްރަސީގައި ހެލްޕުލައިން ނެތްކަމަށް އެއްބަސްވެފައެވެ. އަދި ސުންނަތަށް އުޅޭ މީހުންނަށް ފުރައްސާރަކުރުމަށް ބޭނުންކުރާ ލަފުޒެއްކަމަށްވާ "ވައްހާބީން" މިފިކުރު ވަރަށް ބާރަށް ފެތުރެމުންދާ ކަމަށް ބުނެ މިފިކުރަކީ ޙިޖާޒުން(މައްކާ މަދީނާއަށް ކިޔޭނަމެއް- އިސްލާމްދީން ފާޅުވި ބިން) ނުވަތަ ސައުދީން(މައްކާ މަދީނާ އޮތް ޤައުމު) ފެތުރެމުންދާ ފިކުރެއްކަމަށްބުނެފައިވެއެވެ.

އަދި ޙަޤީޤީ އިސްލާމްދީނަކީ މުޙައްމަދު ނަޝީދަށް ވިސްނިފައިވާ ގޮތްކަމަށް ދޭހަވާގޮތަށް ވައްހާބިޒަމްއަކީ ހަޤީޤީ އިސްލާމްދީން ނޫންކަމަށް ބުނެފައިވެއެވެ. "އަދި އަހަރެން މިވަނީ މިފިކުރު ވަރަށް ބާރަށް ފެތުރޭތީ ވަރަށް ބިރުން. އަނެއްކޮޅުން ބަލާއިރު އެކަމަށް އަހަރެމެން މިކަމާއި ދެކޮޅަށް ތެދުވެ ބަދަލުުގައި އެއްޗެއް ދެވިފައި ނުވާތީ." ނަޝީދު ބުނެފައިވެއެވެ. އަދި ވަޙީއާއި ޙަދީޘް ފިޔަވައި އެނޫން ހެލްޕުލައިނެއް ބޭނުންވާކަމަށް ވަރަށް ސާފުބަހުން ބުނެފައިވެއެވެ.
މިބަސްތަކަށް އަހަރެމެންދޭ ޖަވާބު.
މިބަސްތަކާއި ވިސްނާއިރު ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީނެވެ. އިސްލާމްދީނަކީ ފުރިހަމަ ދީނެކެވެ. އުޅެންވީ ހުރިހާ ގޮތް ބަޔާންވެފައިވާ ފުރިހަމަ ދީނެކެވެ. މިދީނުގައި ނުނިދުނީމާ ހަދާނޭ ގޮތްވެސް އަދި ފާހާނާ ކުރަންވީމާ ހަދާގޮތްވެސް އަދި ހާސްވީމާ ހަދަންވީގޮތްވެސް ބަޔާންވެފައިވާ ދީނެކެވެ. ބޮޑުކަމެއް ޖެހުނީމާ އެކަމެއް ހަމަހޭގައި ހުރެގެން ހައްލުކުރާނެ ގޮތް ބަޔާންކޮށްފައިވާ ދީނެކެވެ. ވީމާ އަހަރެމެން މިދީނުގައި އިތުރު ހެލްޕު ލައިނަކަށް ބޭނުމެއްނުވެއެވެ. ﷲގެ ވަހީއާއި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް އަހަރެމެންނަށް ފުދެއެވެ.
ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَ‌ضِيتُ لَكُمُ الْإِسْلَامَ دِينًا ﴿المائدة: ٣﴾
މާނައިގެ ތަރުޖަމާއީ: " މިއަދު ތިމަންއިލާހު ތިޔަބައިމީހުންގެ ދީން ފުރިހަމަ ކޮށްދެއްވައިފީމެއެވެ. އަދި ތިމަންއިލާހު ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހުގެ ނިޢުމަތް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ދީނަކީ އިސްލާމްދީން ކަމުގައި ތިމަންއިލާހު ރުހިވޮޑިގެންފީމެވެ."
وَمَن يَبْتَغِ غَيْرَ‌ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَ‌ةِ مِنَ الْخَاسِرِ‌ينَ ﴿آل عمران: ٨٥﴾
މާނައިގެ ތަރުޖަމާއީ: "އަދި އިސްލާމްދީން ނޫން ދީނެއް އެދޭ މީހާ ދަންނާށެވެ. އެމީހެއްގެ ކިބައިން އެކަން ޤަބޫލުނުކުރެވޭ ހުއްޓެވެ. އަދި އެމީހަކު އާޚިރަތް ދުވަހު ވާހުށީ ގެއްލެނިވެގެންވާ ހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ."
މުސްލިމުގައި ރިވާކުރެވިފައިވާ ޙަދީޘެއްގައިވެއެވެ. ސަލްމާން އަލްފާރިސީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. " އެކަލޭގެފާނަށް ބުނެވުނެވެ. ކަލޭމެންގެ ނަބިއްޔާ ހުރިހާ އެއްޗެއް ކަލޭމެންނަށް ބަޔާންކޮށްދެއްވި ހެއްޔެވެ؟ އެންމެ ކުޑަމިނުން ފާޚާނާ ކުރާނެގޮތްވެސް ބަޔާންކޮށްދެއްވި ހެއްޔެވެ؟ (ވިދާޅުވިއެވެ). ސަލްމާނުލް ފާރިސީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "އާނއެކެވެ. އަހަރެމެންގެ މައްޗަށް ވަނީ (ނަބިއްޔާ ގެ ފަރާތުން) ޤިބުލައަށް ތިބެގެން ބޮޑުކަމު ދިޔުމާއި އަދި ކުޑަކަމު ދިޔުން މަނާކުރެވިގެންނެވެ. އަދި ކަނާތުން (ބޮޑުކަމު ދިޔުމަށްފަހު) ދޮވުން މަނާކުރެއްވިއެވެ. .... (ޙަދީޘް ނިމެންދެން).

ނަޝީދު އިސްލާމްދީނަށް ކުރިން ދީފައިވާ ހަމަލާތައް.
ނަޝީދު ފާހަގަކުރެވިފައިވަނީ ބޭރު ޤައުމުތަކަށް ގޮސް އިސްލާމްދީނާއި ދެކޮޅަށް ވަަރަށް ވަރުގަދައަށް ވާހަކަ ދައްކާ މީހެއްގެގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. މިމަހު 3ގައި ފޮރެއިން ޕޮލިސީ ބުލޮގަށް ދީފައިވާ އިންޓަރވިޔުގައި ވެސް މުޙައްމަދު ނަޝީދު ވަނީ އިސްލާމް ދީނުގެ ޤުރުއާނާއި ސުންނަތުން ސާބިތުބާ ޙައްދުތައް ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ފާޑުކިޔައި އެއީ ހައްދު ފަހަނައަޅާފައިވާ ހަރުކަށި އެއްޗެއް ކަަމަށް ބުނެފައެވެ. އަދިވެސް ވޮޝިންޓަން ޕޯސްޓަށް އެމެރިކާއަށް ކުރި ދަތުރުގައިވެސް އިސްލާމީ ޙުކުމްތަކަށް ފާޑުކިޔައި ވާހަކަދައްކާފައެވެ.
އަދިވެސް ވެރިކަމުން ބޭލުނު ކުރީގެ ރައީސް ނަޝީދު ވަނީ މިފަހަކަށް އައިސް އިސްލާމްދީނުގެ އެކި ކަންކަމަށް އެކިފަހަރުމަތިން ފުރައްސާރަކޮށް ދީނުގެ ޤުރުއާނާއި ސުންނަތުން ސާބިތުވާ އެތައް ޙުކުމްތަކަކަށް ޢާންމުންގެ ތެރޭގައި އިންކާރުކޮށް އޭނާއަށް ފެންނަ ގޮތަށް ވާހަކަ ދައްކައިފައެވެ. އެގޮތުން 23 ޑިސެމްބަރުގައި ޤުރުއާނުގައި ނައްޞުން ސާބިތު ޙުކުމްތަކަކީ ދިވެހިން ބޭނުން ވާ ޙުކުމްތަކެއް ނޫން ކަަމަށް ބުނެފައިވާހަކަ ދައްކާފައިވެއެވެ. އަދި ރޭޑިޔޯ ޚިތާބުތަކުގައިވެސް ޤުރުއާނާއި ސުންނަތުން ސާބިތުވާ ޙުކުމްތަކަށް ފާޑުކިޔައި ވާހަކަދައްކާފައިވެއެވެ.

މިބަސްތަކާއި މެދު ވިސްނާއިރު މިއީ އިސްލާމީ ޤައުމެއްގެ ވެރިކަަމަށް ކުރިމަތިލާފައިވާ މީހެއްގެ ފަރާތުން އިވެން ނުވާފަދަ ނުރައްކާތެރި ބަސްތަކެކެވެ. ސަބަބަކީ މިއީ އިސްލާމީ ޤައުމެއްކަމަށްވާ އިރު މިޤައުމުގައި ހެދޭ ޤާނޫނުތަކާއި އަދި ޤަވާޢިދުތައް ޤުރުއާނާއި ސުންނަތާއި ޚިލާފު އެއްޗެއްކަމަށް ނުހެދޭނެ ކަމަށް ބުނާއިރު ދިވެހި ޤާނޫނޫ އަސާސީގެ އަސްލު ކަމަށްވާ ޤުރުއާނާއި ސުންނަތް ދުއްވާލައި އެނޫން ހެލްޕުލައިނެއް ގެންނަން މަސައްކަތްކުރާ މީހަކު ވެރިކަމަށް އައުމަކީ ނުރައްކާތެރި ކަމެކެވެ.
މުޙައްމަދު ނަޝީދުގެ ވެރިިކަމުގައި ވަރަށް ގިނަ މީހުންވަނީ ލާދީނީ ވެރިއެއްކަމަށް ސިފަކޮށްފައެވެ. އެގޮތުން މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވަނީ ދިވެއްސާއި އިސްލާމަކީ އިޚުތިޔާރީ މާއްދާއަކަށް ހަދަން މަސައްކަތްކޮށްފައެވެ. އަދި ޔަހޫދީންނާއި ފާޅުގައި ގުޅުން ޤާއިމުކޮށް ސިއްރު އެތައް އެއްބަސްވުމެއް ޔަހޫދީންނާއި އެކު ހަދާފައިވާ ކަމަށް ވިކިލީކްސް އިން ފާޅުކުރި ލިޔުންތަކުންވެސް ވަނީ ފަޅާއަރާފައެވެ. އަދި ޔަހޫދީންގެ ޖާސޫސީ އިދާރާގެ މޮސާދުގެ އެހީހޯދަން އެދިފައިވާ ކަަމަށްވެސް ވިކިލީކުސް އިން ހާމަކުރި ލިޔުންތަކުން ވަނީ ސާބިތުވެފައެވެ. (ޑރ.އަފުރާޝީމު އަވަހާރަ ކޮށްލުމުން އެކަން ކުރީ އަވައްޓެރިންގެ ބަޔަކާއި އަދި މެދުއިރުމަތީގެ ޤައުމެއްކަމަށްވެސް(އިޒްރާއީލު) މުޙައްމަދު ނަޝީދުވަނީ ބުނެފައެވެ.) އަދި ހަމައެޔާއެކު އައްޑޫގައި މޮނިޔުމެންޓުތަކެއްގެ ނަމުގައި ބުދު ބަހައްޓައި އަދި ދިވެހިރާއްޖޭގައި މީހުން އުޅޭ ރަށްތަކުގައި ރާވިއްކަން ހުޅުވާލަންވެސް މަސައްކަތްކޮށްފައިވެއެވެ.

އާންމުން ދެކޭގޮތް.
ނަޝީދުގެ މިވާހަކަ ތަކާއި ބެހޭގޮތުން މިބުލޮގުގެ ފަރާތުންް އާންމުންގެ މީހަކާއި ސުވާލުކޮށްލުމުން ބުނެފައިވެއެވެ. " ނަޝީދަކީ ޒިންދީޤެއް. އަހަރެންގެ ވޯޓު ދީނަށް ފުރައްސާރަ ކުރާ މީހަކަށް ނުލިބޭނެ. ކުރިންވެސް އެތައްވެރިއަކު ބަލިވީ ދީނާއި ކުޅެން ހަދައިގެން. އެކަން ތަކުރާރުނުކުރަން ނަޝީދަށް ގޮވާލަން. " ޒިންދީޤުންނަކީ އިސްލާމްދިނަށް މަލާމާތްކޮށް ފުރައްސާރަކޮށް އެކަމަށް ގޮވާލާ މީހުންނަށް ކިޔޭނަމެކެވެ. އަދިވެސް އެހެން ޢާންމުންގެ މީހަކު ފޭސްބުކުގައި ލިޔެފައިވާ ގޮތުން " ޤުރުއާނާއި ސުންނަތަށްވުރެ ރަނގަޅު އަލްޓަރނޭޓިވް(ބަދަލެއް) އެއް ކަލޭމެންނަކަށް ނުދެވޭނެ" ކަމަށް ބުނެފައިވެއެވެ.
ނިންމުން
މީހަކު ބުނެފާނެއެވެ. ކަލޭމެން ނަޝީދާ އަޅައިގަނެގެން އެއްޗެހި އަބަދު ކިޔަނީ ކީއްވެހެއްޔެވެ؟ އެމީހަކަށް އަހަރެމެން ބުނަން އޮތީ ޤުރުއާނާއި ސުންނަތަށް އަބަދު އެބައިމީހުން ކުރާ ފުރައްސާރަތައް ނުފެނި ފެންނަނީ މިކަންކަން ކަމުގައި ވާނަމަ ދެން އަހަރެމެން ދޭނެ ޖަވާބެއް ނެތެވެ. الله مستعان. އަހަރެމެންގެ ތާޢީދު އޮތީ ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ.
ﷲ ސުބުހާނަހޫ ވަތަޢާލާ، ހުރިހާ ފިތުނައަކާއި މުސީބާތުން ދިވެހި ޤައުމާއި އުއްމަތް ސަލާމަތް ކުރައްވާށިއެވެ. އަދި ނޭންގި މިކަންކުރެވޭ މީހުންނަށް ތެދުމަގު ދައްކަވާ ހިދާޔަތު ދައްކަވާށިއެވެ. އަދި ދިވެހިރާއްޖެ އަކީ ސެކިޔުލާރ ޤައުމަކަށް ހެދުމަށްޓަކައި ދީނުގެ އަދުއްވުންނާއި މުނާފިޤުން ކުރާ މަސައްކަތްތައް ފަޟީޙަތް ކުރައްވައި އެބައިމީހުންގެ ސަފުތައް ބައިބައިކުރައްވާންދޭވެ. އާމީން.
و صلى الله وسلم على محمد و على آله و صحبه.

Read more...
 
އިތުރު ލިޔުންތައް