ފާފައާއި ނުލައި ޢީީދު އުފާ ލިބިގަންނާނީ ކިހިނެއް؟

ފާފައާއި ނުލައި ޢީީދު އުފާ ލިބިގަތުން.

الحمد لله، و صلى الله وسلم على محمد و آله و صحبه.
އަޟްޙާ ޢީދު އަޅުގަނދުމެންނާއި ބައްދަލުކޮށްފިއެވެ. އެދުވަހަކީ މުސްލިމުންގެ ދެވަނަ ޢީދު ދުވަހެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އަޅުގަނޑުމެންނާއި މިބައްދަލު ކުރާ ޢީދަކީ އަޅުގަނޑުމެން ވަރަށް މަޖާ ނަގާ އުފާކުރަން ޖެހޭ ޢީދެކެވެ. އެދުވަހެއްގައި ކައިބޮއި ފާހަގަކޮށް ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކޮށް ހަދަންޖެހޭ ދުވަހެކެވެ. އަދި އުފާފާޅުކޮށް އެއުފަލުގައި މީސްތަކުން ބައިވެރިކުރަން ޖެހޭ ދުވަހެކެވެ.


ނަމަވެސް ހުއްދަގޮތުގައެވެ. ޙަރާމްކަންކަން ނުހިމެނޭގޮތުގައެވެ. ފާފަތަކާއި ފާޙިޝްކަންކަމާއި ނުލައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމްކުރެއްވި ކަންކަމުން ދުރުވެ ތިބެއެވެ. ހުއްދަގޮތުގައެވެ. އެގޮތުން ތިރީގައި މި ފާހަގަކޮށްލަނީ ދިވެހިރާއްޖޭގައި ޢީދުގައި ދީނާއި ޚިލާފަށް ކުރެވޭ ބައެއްކަންކަމެވެ.
ހ. މިޔުޒިކު ޝޯތައް ބޭއްވުން.
ށ. ދެޖިންސު މަސްހުނިވެ ނަށައި ފެންޖަހައި، އެކި އެކި ފާޙިޝްކަންކަމަށް އަރައިގަތުން.
ނ. އަންހެނުން ފިރިހެނުން ހެދުންލުމާއި ފިިރިހެނުން އަންހެނުންގެ ހެދުންލުން. މިއީ އެކަން ކުރާ ބަޔަކަށް ލަޢުނަތް ލެއްވިގެންވާކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވާ ކަމެކެވެ.
ރ. އިސްރާފުކުރުން. ނުކެވޭ މިންވަރަށް ކައްކައި އުކާލުން.
ޅ. ފާޙިޝް އަދި ނުބައިމާނަ ހިމެނޭ ލަވަތަކާއި ޅެންތަކާއި ބަދިތައް ކިޔުން.
ކ. މިޔުޒިކު ސާމާނު ބޭނުންކުރުން. މިއީ ޙަރާން ކުރައްވާފައިވާ އެއްޗެހިތަކެކެވެ. މިޔުޒިކަކީވެސް ޙަރާމްކުރައްވާފައިވާ ކަމެކެވެ.
އަދިވެސް ޢީދުގެ އުފަލުގެ ނަމުގައި ކުރެވޭ ދީނާ ޝަރީޢަތާއި ޚިލާފުކަންކަން ހިމެނެއެވެ.
ވީމާ ފާފައާއި ނުލާ ޢީދު ފާހަގަކޮށް ފާފައާއި ނުލައި ޢީދު އުފާ ލިބިގަންނަން އެބަޖެހެއެވެ. މުސްލިމު އުއްމަތަކަށް މުސްލިމުންގެ ބޮޑު އަޅުކަމަކާއި ވިދިގެން ﷲ މާތްކުރެއްވި ދުވަސްތަކެއްގައި އަންނަ ޢީދެއްގައި އެއިލާހަށް އުރެދުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. އަދި މިކަންކުރާ ފަރާތްތަކުންވެސް ކުރަނީ އެއީ ގޯސްކަމެއްކަމުގައި އެނގިގެންނޫންކަމުގައިވެސް ވެދާނެއެވެ. ވީމާ މިފަދަ ކަންކަން ހަނދާން ކޮށްދީ އެއްބަޔަކު އަނެއްބަޔަކަށް ހެދުމަކީ މުސްލިމުންގެ އަޚުލާޤުގެ ތެރެއިން ހިމެނޭ "ފާފައާއި ނުލައި ޢީދު އުފާ" ލިިބިގަނެވެން އޮތް ހަމައެކަނި ގޮތެވެ.
ނިންމާލުމުގެ ކުރިން ޢީދުގެ ހެޔޮ އެދުމާ ތަހުނިޔާ ހުރިހާ މުސްލިމު އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ. އަދި ޢީދުގެ އުފަލުން މަހްރޫމުވެފައިވާ އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންނަށް ނަޞްރުދެއްވައި އެއެންމެހާ ބޭފުޅުންނަށް ހެޔޮ ރަޙުމަތްލައްވާށިއެވެ. ފާފާ އާއި ނުލާ ޢީދު އުފާ އަދި ޢީދު ފާހަގަކުރާ ބައެއް ކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ. އާމީން.
تقبل الله منا و منكم، عيد سعيد مبارك.
وصلى الله وسلم على سيدنا محمد و آله و صحبه أجمعين. و الحمد لله رب العالمين.

Post a Comment

0 Comments