ޢާޝޫރާ ދުވަހުގައި (މުޙައްރަމު 10) ރޯދަހިފުމުގެ މަތިވެރިކަނ

أبو عبد الله عبد الرحيم المدني

ފުރަތަމައާޝޫރާ ދުވަހުގެ ރޯދައަކީ ކޮބާ؟

އާޝޫރާ ދުވަހަކީ މުޙައްރަމު މަހުގެ 10 ވަނަ ދުވަހެވެ. މިދުވަހު ރޯދަހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އެހެނީ މިދުވަހަކީ ފިރުޢައުނާއި އޭނާގެ ލަޝްކަރުގެ ކިބައިން މޫސާ ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ސަލާމަތްކުރެއްވިދުވަހެވެ.ޢަބްދުﷲ ބުން ޢައްބާސް ރަޟިޔަﷲ އަންހު ރިވާކުރައްވާފައިވެއެވެ.
قدم النبي صلى الله عليه وسلم المدينة فوجد اليهود يصومون اليوم العاشر من شهر المحرم، فقال النبي صلى الله عليه وسلم: “أنا أحق بموسى منكم”، فصامه وأمر بصيامه.
” ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގަތުމުން ޔަހޫދީން ޢާޝޫރާ ދުވަހު ރޯދާ ހިފާތަން ފެނިވަޑައިގަތެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ” މިއީ ކޮންކަމެއް ހެއްޔެވެ؟” ދެން އެބައިމީހުން ބުންޏެވެ. ” މިއީ މާތްވެގެންވާ ދުވަހެކެވެ. އެހެނީ މޫސާގެފާނާއި ބަނީ އިސްރާއީލުގެ ބާގައިގެ މީހުން އެބައިމީހުންގެ ދުސްމަނުންގެ ކިބައިން ސަލާމަތްވީ ދުވަހަކީ މިއީއެވެ. އެހެންކަމުން ތިމަންމެން ރޯދަހިފަނީއެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. ” މޫސާގެފާނުގެ މައްޗަށް ތިޔަބައިމީހުންނަށްވުރެ ތިމަންކަލޭގެފާނު މާ ޙައްޤުކަން ބޮޑުވެގެންވެއެވެ.” އަދި އެކަލޭގެފާނު އެދުވަހު ރޯދަ ހިއްޕަވައި އެދުވަހު ރޯދަ ހިފުމަށް އަމުރުކުރެއްވިއެވެ.

އަދިވެސް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.އިބުނު އައްބާސް ރަޟިޔަﷲ އަންހު ބަޔާންކުރެއްވިއެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަހިފާށެވެ. އަދި ޔަހޫދީންނާއި ޚިލާފުވާށެވެ. ތިޔަބައިމީހުން ރޯދަހިފާއިރު ކުރިން އެއްދުވަހާ އެކު ނުވަތަ ފަހަތުން އެއްދުވަހާއެކު ރޯދަ ހިފާހުށިކަމެވެ” އެބަހީ ނުވަޔަކާއި ދިހަވަނަ ދުވަހު ރޯދަ ހިފުން ނުވަތަ 10ވަނަ ދުވަހާއި އަދި 11 ވަނަ ދުވަހު ރޯދަ ހިފުމެވެ.
އަދިވެސް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވެއެވެ. “لئن بقيت إلى قابل لأصومَنَّ التاسع”.
މާނައީ: މިއަންނައަހަރު ތިމަންކަލޭގެފާނާއި އެދުވަސް ބައްދަލުވެއްޖެނަމަ ނުވަވަނަ ދުވަހާއި އެއްކޮށް ރޯދަހިފާހުށީމެވެ.”
އަދިވެސް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ” ރޯދަ މަހުގެ ރޯދައަށްފަހު އެންމެ މަތިވެރިވެގެންވާ ރޯދައަކީ މާތްﷲ ގެ މައްސަރުކަމަށްވާ މުޙައްރަމު މަހު ހިފާ ރޯދައެވެ” ( މުސްލިމް)މިދުވަހުގެ ރޯދަ ހިފުން އެންމެ އައުލާކަން ބޮޑުވެގެންވަނީ 9ވަނަ ދުވަހާއި އަދި 10 ވަނަ ދުވަސް އެއްކޮށް ހިފުމެވެ. ނުވަތަ 10ވަނަ ދުވަހާއި 11ވަނަ ދުވަސް އެއްކޮށް ހިފުމެވެ. އެއީ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ފަދައިން ޔަހޫދީންނާއި ޚިލާފުވުމަށްޓަކައެވެ. ” ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަހިފާށެވެ. އަދި ޔަހޫދީންނާއި ޚިލާފުވާށެވެ. ތިޔަބައިމީހުން ރޯދަހިފާއިރު ކުރިން އެއްދުވަހާ އެކު ނުވަތަ ފަހަތުން އެއްދުވަހާއެކު ރޯދަ ހިފާހުށިކަމެވެ”
މީގެ އިތުރުން އިބުނުލް ޤައްޔިމު ރަޙިމަހުﷲ ޛާދުލް މަޢާދުގައި ލިޔުއްވާފައިވެއެވެ. ޢާޝޫރާ ދުވަހުގެ ރޯދަހިފުންވަނީ ހަތަރުގޮތަކަށެވެ.
1. ދިހަވަނަ ދުވަހު އެކަނި ރޯދަހިފުން
2. ނުވަތަ 9 ވަނަ ދުވަހާއި އެކު ރޯދަހިފުން
3. ނުވަތަ އެގާރަ ވަނަ ދުވަހާއި އެކު ރޯދަހިފުން
4. ތިންދުވަހު ރޯދަހިފުން.. އެބަހީ: 9ވަނަ ދުވަހާއި ދިހަވަނަ ދުވަހާއި 11ވަނަ ދުވަހު އެއްކޮށް ރޯދަހިފުން.

އެންމެފައިދާބޮޑީ ތިންދުވަހު ރޯދަހިފުމެވެ. އެއީ މިމާތް މައްސަރުގައި ތިންދުވަހުގެ ރޯދަހިފުން ހާޞިލުވާތީއެވެ. ޝެއިޚުގެ ބަސްކޮޅު ނިމުނީ.. ރަޙިމަހުﷲ

Post a Comment

0 Comments