Loading...

Saturday, July 14, 2012

ދިވެހި ޖޯކު: ދަ އިންޑު

ދިވެހި ޖޯކު: ދަ އިންޑު...
އިއްބެ

ބުލޮގަރު: މިއުޅޭ ހައްދު ފަހަނައެޅި މުއްލާއިންތައް.. ރާބޮއެގެން އައިސް އަހަރެންގެ ކަރުގަ ވަޅި އެޅީ..
ސަފީރު: އެކަމު ބުލޮގުގައި ލިޔެފައޮތް މުއްލާއިން ރަލާ ދެކޮޅަށް މުޒާހަރާކުރި ވާހަކަ. އެމީހުން އެއީ ރާ ބޯބަޔެއް ނޫނެއްނު...
ބުލޮގަރު: އެކަމަކުވެސް ރާވަސް ދުވިއޭ...
ސަފީރު: ކާކުބާ އަނެއްކާ ރާބޮއެގެން ހުރީ އެގަޑީގަ؟

ކާކުތަ ކަޓަރު އެޅީ؟
ފުލުހުންގެ މީހާ: ކޮންއިރަކު ކޮންތާކު ހުއްޓާ ކަރުގައި ކަޓަރު އެޅީ؟
ބުލޮގަރު: އަހަރެން "ގޭ" ފާރު ކައިރިން ދަނިކޮށް ކަޓަރު އެޅީ މެންދަމު.
ފުލުހުންގެ މީހާ: ކާކުކަން އެނގޭތަ ކަޓަރު އެޅީ؟
ބުލޮގަރު: ނޭނގެ ދެން ކާކުކަމެއް. އެކަމު ދެން ވަރަށް "ހޮޓް" ބޯއީއެއް...

ޔޫރަޕަށް ދާހިތްވަނީ..
ބުލޮގަރު: އަޅެ ހާދަ ޔޫރަޕަށް ދާހިތްވެޔޭ.. އޭރުން ހާދަ ފައްކާވާނޭ..އެކަމަކު ވިސާ ހޯދުމަކީ ހާދަ އުނދަގޫ ކަމެކޭ...
ފުރެންޑު: އެބައޮތް ހިޔާލެއް. އަފްޣާނިސްތާން މީހުންތަކެއްވެސް ދީނަށް މަލާމަތްކުރީމަ އިޓަލީއިން ވިސާލިބުނު. އެހެން ހަދަންވީނު..ދުވަސްކޮޅަކު އެހެން އެމީހުންގެ ދީނަށް ފުރައްސާރަކޮށްލީމަ މީހުންތައް ރުޅިގަދަ ވީމަ އަހަރެން ކަޓަރު އަޅައިދޭނަން..
އޭރުން ޔޫރަޕުން ވިސާދޭނެ ރާސްޓަސް ލާފަ..
ބުލޮގަރު: އޯކޭ. މައްސަލައެއްނެތް. ޔޫރަޕަށް ދެވުނީމަ ސައި އޮންނާނެ. އެކަމު ކަޓަރު އަޅަންވާނީ ކަރުގަ. ނާރެއްބުރިނުވާގޮތަށް ކަޓަރު އަޅައްޗޭ...
ފުރެންޑު: އޯކޭ. ކުޑަކޮށް ބޯލައިގެން ހުރޭ. އޭރުން ނުވާނެ ތަދެއް އިހުސާސެއް...

މާވަހަރު ލޯ
ގިނައިން މުޒާހަރާ ކުރާ ވަރަކަށް މާވަހަރު ގިނައިން ފެންނާނެއެވެ.
ސަބަބަކީ މުޒާހަރާކުރަންފެށީމަ އެސޮރުމެން ބިރަށް ގަޔަށްލެވެނީއެވެ. ލެވޭ ގަޑީގައި ހުންނަ ހުރިހާ އެއްޗެއް ނުކުމެގެން ދަނީއެވެ.


ނިމުނީ

ނޯޓު: މިބުލޮގުގައި ޝާއިއުކުރެވޭ ލިޔުންތަކަކީ ކޮންމެހެން މިބުލޮގުގެ ހިޔާލާއި ފިކުރު ކަމުގައިވުން ލާޒިމެއްނޫނެވެ. ޒިންމާނަގާނީ ލިޔުން ލިޔުއްވި ފަރާތުންނެވެ. އެއީ އެފަރާތެއްގެ ޙައްޤެކެވެ.

0 comments:

 
އިތުރު ލިޔުންތައް